ވިޔަފާރި

ކުކުޅު ފިހާރައިން ދޭ ފްރޯޒަން ޕެކް މި ހަފުތާގައި ލިބުނީ ޝަހުދާއަށް

އަލީ ޔާމިން

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުކުޅު ފިހާރަ އިން ކޮންމެ ހަފުތާއަކު "ފްރޯޒަން ޕެކް" އެއް ލިބޭ ޕްރޮމޯޝަންގެ ދެވަނަ ހަފުތާގެ ނަސީބުވެރިއަކަށް އައިޝަތު ޝަހުދާ ހޮވިއްޖެއެވެ.

ކުކުޅު ފިހާރައިގެ "ޕްރޯޒަން ޕެކް" ޕްރޮމޯޝަން ފަށާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެ ޕްރޮމޯޝަން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ކުކުޅު ފިހާރައިގެ ޕޭޖުގައިވާ "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށްފަހު އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަންގެ ހަފުތާގެ ނަސީބުވެރިޔާ އިއުލާން ކުރާނީ ކޮންމެ އަންގާރަ ދުވަހަކު ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ.

މީގެ ކުރިން ކުކުޅު ފިހާރައިން ފިނިކުރި ކާބޯތަކެތި އެކަނި ވިއްކި ނަމަވެސް އެ ފިހާރައިގެ އީ-ޝޮޕިން މޯލް ހުޅުވުމާއެކު އެކިއެކި ސާމާނު އަގުހެޔޮކޮށް މިހާރު ލިބެއެވެ. އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް އެ ފިހާރައިން ބުނެއެވެ. އެގޮތުން އެން 95 މާސްކާއި ސެނެޓައިޒާ ވެސް ކުކުޅު ފިހާރައިގެ އީމޯލް އިން މިހާރު ލިބޭނެއެވެ.

ކުކުޅު ފިހާރައިގެ ދެ އައުޓްލެޓް މާލޭގައި ހުންނަ އިރު ހުޅުމާލޭގައި ވެސް އެ ފިހާރައިގެ އައުޓްލެޓެއް ހުރެއެވެ. އޭގެ އިތުރުން އއ. ތޮއްޑޫގައި އަދި ސ. ހިތަދޫގައި ވެސް އެ ފިހާރައިގެ އައުޓްލެޓެއް ވަނީ ހުޅުވައިފައެވެ.

ކުކުޅު ފިހާރައިން ބުނީ، މާލެ އާއި އަތޮޅުތެރޭގައި އެ ފިހާރައިގެ އިތުރު އައުޓްލެޓުތައް ހުޅުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އެ ފިހާރައިގެ އަމާޒަކީ އެ ފިހާރައިގެ ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކުރުމެވެ. އަދި ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާ، އަގުހެޔޮ، ފިނިކުރި ތަކެތި ފޯރުކޮށްދިނުމެވެ.

ކުކުޅު ފިހާރައިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ މައުލޫމާތު ހޯދުމަށް ހުޅުމާލެއިން ނަމަ 9666575 އަށް އަދި މާލެއިންނަމަ 9986575 އަށް ގުޅުމަށް އެ ފިހާރައިން އެދެއެވެ.