ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު އާޓިފިސަލް ބީޗުގެ ގޮނޑުދޮށަށް ފޭބޭނެ އިންތިޒާމު ހަމަޖައްސުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން ފަށައިފިއެވެ.
ޔޫތު މިނިސްޓްރީން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނީ، އެމްޓީސީސީ އާއި ޕެލޭނިން މިނިސްޓްރީއާއި ޖެންޑާ މިނިސްޓްރީގެ އިތުރުން ފެނަކަ ކޯޕަރޭޝަންއާ ގުޅިގެން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު ގޮނޑުދޮށަށް ފޭބޭނެ ރޭމްޕްއެއް އާޓިފިޝަލް ބީޗުގައި ހެދުމަށް ނިންމާފައިވާ ކަމަށެވެ.
"އެކަމުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު އާޓިފިސަލް ބީޗުގެ ބޭނުން ކުރެވޭނެ،" ޔޫތު މިނިސްޓްރީގެ ޓުވީޓުގައިވެއެވެ.
ޔޫތު މިނިސްޓްރޫގެ ޓުވީޓު ރީޓުވީޓުކޮށް ޕްލޭނިން މިނިސްޓްރީން ބުނީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދަތިކަމެއްނެތި ގޮނޑުދޮށަށް ފޭބޭނެ އިންތިޒާމު އާޓިފިޝަލް ބީޗުގައި ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ.
މީގެ އިތުރުން މުޖުތަމައުގެ ހުރިހާ ފަރުދުންނަށްވެސް މުނިއުފާފިލުވި، ކަސްރަތުގެ ފުރުސަތު ފަހިވެފައި އޮތުމީ ސަރުކާރުގެ އަމާޒު ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު