އުމުރުން 18 އަހަރު ފުރިހަމަވުމާ ހަމައަށް އެކުއްޖަކު ކުރާ ކުށުގެ މަދަނީ މަސްއޫލިއްޔަތު އުފުލާނީ އެކުއްޖެއްގެ ބަލަދު ވެރިޔާ ނުވަތަ ބެލެނިވެރިޔާ ކަމަށް ކަނޑައަޅައި ކުޑަކުދިންގެ އަދުލުގެ ގަވާއިދު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ފާސްކޮށްފިއެވެ.
މި ގަވާއިދަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ މަގުސަދާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ޖުވެނައިލްކޯ ޓުން އެކުލަވާލައި ކޮމިީޓީއަށް ފޮނުވާފައިވާ ގަވާއިދެކެވެ.
ކޮމިޓީން ފާސްކޮށްފައިވަނީ، މި ގަވާއިދު އާއްމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ޖަދުުވަލު ދޭއްގައި ހިމެނުމަށެވެ.
އުމުރުން 18 އަހަރު ފުރިހަމަވުމާ ހަމައަށް އެކުއްޖަކު ކުރާ ކުށުގެ މަދަނީ މަސްއޫލިއްޔަތު އުފުލާނީ ބެލެނިވެރިޔާ ކަމަށް ގަވާއިދުގައި އޮތް ނަމަވެސް، އެކުއްޖަކީ ވަޒީފާއެއްގައި އުޅޭ، ނުވަތަ އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ކުއްޖެއްނަމަ، އެކުއްޖަކު ކުރާ ކުށުގެ މަދަނީ މަސްއޫލިއްޔަތު އުފުލާނީ އެކުއްޖާ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
ކުޑަކުދިން ކުރާ ކުށުގެ މައްސަލަތަކުުގެ ތަހުގީގުގެ ހުރިހާ މަރުހަލާތަކެއްގައި މަސައްކަތް ކުރަންވާނީ ޔުނީފޯމް ނާލާ ފުލުހުން ކަމަށްވެސް މި ގަވާއިދުގައި ބުނެފައިވެއެވެ.
އެ މައްސަލަތައް ބަލައި ތަހުގީގު ކުރަންވާނީ ކުއްޖާގެ ބެލެނިވެރިޔާ، ނުވަތަ ބަލަދުވެރިޔާ، ނުވަތަ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ މީހެއްގެ ހާޒިރުގައި ކަމަށްވެސް ބުނެފައިވެއެވެ.
ތަހުގީގީ މަރުހަލާގައި ކުއްޖާއާ މެދު އެޅިދާނެ ފިޔަވަޅުތައް ވެސް މި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ދައުވާ ކުރުމުގެ މަރުހަލާގައި ކުއްޖާއާ މެދު އެޅިދާނެ ފިޔަވަޅުތަކާއި، ދައުވާ އުފުލުމުގެ ކުރިން ކުއްޖާއާ މެދު ކޯޓު މެދުވެރިކޮށް އެޅިދާނެ ފިޔަވަޅުތައްވެސް ވަނީ ބަޔާންކޮށްފައެވެ.
ކުޑަކުދިން ހައްޔަރު ކުރުމާއި ބަންދު ކުރުމުގައި ފަނޑިޔާރުން ރިއާޔަތް ކުރަންޖެހޭ ކަންކަމާއި، ބެލެނިވެރިން ޒިންމާދާރު ކުރުވުމުގެ ބައިތައްވެސް މި ގަވާއިދުގައި ވަނީ ހިމަނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު