ސައިފް އަލީ ހާން އަދި އަރުޖުން ކަޕޫރު އެކީގައި ބިރުވެރި ފިލްމަކުން ފެންނަން އުޅޭ ކަމުގެ އުފާވެރި ހަބަރު އެދެމީހުންގެ ސަޕޯޓަރުންނަށް ދީފިއެވެ.

މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސައިފް އަދި އަރުޖުން ވަރަށް އަވަހަށް ބިރުވެރި ކޮމެޑީ ފިލްމަކުން ފެނިގެންދާނެއެވެ. އެ ފިލްމުގެ ނަމަކީ " ބޫތު ޕޮލިސް" އެވެ. ރަމޭޝް ޓޮރާނީ އަދި އަކްޝޭ ޕޫރީ ޕްރޮޑިއުސް ކުރާ އެ ފިލްމުގެ މަސައްކަތްތައް ފަށާނެ ކަމަށް ބެލެވެނީ މިއަހަރުގެ ފަހުކޮޅުގައެވެ.

އެގޮތުން ފިލްމުގެ ޓީމުން ވަނީ ސައިފް އަދި އަރުޖުން އާއެކު ފިލްމުގެ ޝޫޓިންތައް ފެށުމަށް ކެތްމަދުވެފައި ތިބި ކަމަށް ބުނެފައެވެ. މީގެ އިތުރުން އެ ފިލްމުގެ ދެ ކެރެކްޓާ އާއި އެންމެ ގުޅެނީ ސައިފް އަދި އަރުޖުން ކަމަށްވެސް ފިލްމުގެ ޓީމުން ވަނީ ބުނެފައެވެ.

މިފަހުގެ ތާރީހެއްގައި ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލުކަމެއް ހޯދި އެއް ބިރުވެރި ކޮމެޑީ ފިލްމަކީ ޝްރަދާ ކަޕޫރު އަދި ރާޖުކުމާރު ރާއޯ ލީޑްރޯލުން ފެނިގެންދާ ފިލްމު "ސްތިރީ" އެވެ. އިއްޔެ ވަނީ ސްތިރީ އަށް ދެއަހަރު ވެފައެވެ.