2010 ވަނަ އަހަރު ސްޓާ ޕްލަސްއިން ގެނެސްދިން މަޝްހޫރު ޓީވީ ސީރިޒެއް ކަމަށްވާ "ސާތު ނިބާނާ ސާތިޔާ" ގެ ދެވަނަ ސީޒަން އެއް ގެނެސްދިނުމަށް ތައްޔާރު ވެއްޖެއެވެ.
2010 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމަޔަށް ގެނެސްދިން "ސާތު ނިބާނާ ސާތިޔާ" ގެ ރޯލުތަކުގެ ވާހަކައާއި ފިލްމުގައި ހިނގި މަޖާ ކަންކަމުގެ ވާހަކަ އަދިވެސް ސޯޝަލް މީޑިއާގައި ދަނީ ދެކެވެމުންނެވެ. އެ ސީރީޒްގައި އެންމެންގެ އެންމެ ބޮޑު މަގުބޫލުކަމެއް ހޯދީ ލީޑް ރޯލުން ފެނިގެންދިޔަ ގޮޕީ ބަހޫއެވެ.
ސާތު ނިބާނާ ސާތިޔާގެ ދެވަނަ ސީޒަން އަކަށް ތައްޔާރު ވަމުން އަންނައިރު މިފަހަރުވެސް ގޮޕީ ބަހޫގެ ރޯލުން ފެނިގެންދާނީ ކުރިން އެ ރޯލު ކުޅުނު ޑެވޮލީނާ ބަޓަޗާރިޔާ އެވެ. އެގޮތުން ޑެވޮލީނާ ވަނީ އޭނާގެ އިންސްޓަގްރާމު އެކައުންޓްގައި ސާތު ނިބާނާ ސާތިޔާގެ ދެވަނަ ސީޒަންގެ ފުރަތަމަ ޓީޒާ ވެސް ހިއްސާ ކޮށްފައެވެ.
ސީރީޒްގެ ޕްރޮޑިއުސަރު ރަޝްމީ ޝަރުމާ ވަނީ ދެވަނަ ސީޒަން އެއް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނައިރު، މިފަހަރު ވަރަށް ގިނަ އާ ކެރެކްޓާތަކެއްވެސް ފެނިގެންދާނެ ކަމަށް ބުނެފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް