ބޮލީވުޑްގެ ބަތަލު ހިމާންޝް ކޮލީ ކޮވިޑް 19 އަށް ނެގެޓިވް ވެއްޖެއެވެ. އެހެންނަމަވެސް އޭނާގެ އާއިލާ ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.
ހިމާންޝް ބުނީ ޕޮޒިޓިވް ވެފައިވަނީ އޭނާގެ މަންމައާއި ބައްޕައާއި އަދި ދައްތަ ކަމަށެވެ. މަންމައާއި ބައްޕަގެ ގައިން ބަލީގެ އަލާމާތްތައް ފެނިފައިވީ ނަމަވެސް ދައްތަގެ ގައިން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.
ހިމާންޝް ބުނީ ގޭގައި އޭނާ އުޅެނީ ވަކި ކޮޓަރިއެއްގައި ކަމަށާއި ގޭގައި މަސައްކަތް ކުރާ މަސައްކަތު މީހުންނަށް ވެސް ވަކިން ކޮޓަރި ހަމަޖައްސައިދީފައިވާ ކަމަށެވެ. ހިމާންޝް ބުނީ ބައްޔަށް ޕޮޒިޓިވް ވެފައިވާ އެއްވެސް މީހަކަށް އެމީހެއްގެ ކޮޓަރިން ނުނިކުމެވޭނެ ކަމަށެވެ. ހާއްސަކޮށް މަންމައާއި ބައްޕަގެ ހާލު ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ. ހިމާންޝް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައި ތިބި މީހުން ހާސްވެ އެކަމާއި ބިރު ނުގަތުމަށް ނަސޭހަތްތެރި ވެފައެވެ.
ބޮލީވުޑް ގެ ބައެއް އާއިލާތަކުގެ މެންބަރުނަށް މިދިޔަ ދުވަސްތަކުގެ ތެރޭގައި ވަނީ ކޮވިޑު ޖެހިފަ އެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ މެގަސްޓާ އަމީތާބް ބަޗަން އަދި އޭނާގެ އާއިލާ ފާހަގަކޮށްލެވެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް