ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ 171 މުވައްޒަފަކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

މައިކްރޮސޮޕްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް އެސްޓީއޯއިން މިއަދު ބޭއްވި އެކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ދެއްވި ޕްރެޒެންޓޭޝަންގައިވާ ގޮތުން އިއްޔެގެ ނިޔަލަށް އެކުންފުނީގެ 171 މުވައްޒަފަކު ކޮވިޑަށް ޕޮޒިިވްވެފައިވެއެވެ.

ނަމަވެސް އޭގެ ތެރެއިން ގިނަ މުވައްޒަފުން ރަނގަޅުވެފައިވާ އިރު، ބަލިން ރަނގަޅުނުވެ މިހާރު ތިބީ 24 މުވައްޒަފުން ކަމަށްވެސް ޕްރެޒެންޓޭޝަންގައި ބުނެފައިވެއެވެ.

އެސްޓީއޯ ހިމެނެނީ ފްރަންޓްލައިން ކެޓަގަރީގެ ތެރޭގައެވެ.

މިފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާ އިރު، ފްރަންޓްލައިނުން ގިނަ އަދަދެއްގެ މީހުން ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ.

އެޗްއީއޯސީއިން ބުނީ، ފްރަންޓްލައިނުން މިހާތަނަށް އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެއާޕޯޓުން ކަމަށެވެ.