އިންޑިއާގައި ކޮވިޑް 19 ވަރަށް ހަލުވިކަމާއިއެކު ފެތުރެމުންދާ މިދުވަސްވަރުގައި ބޮލީވުޑްގެ ބައެއް ފަންނާނުންނަށްވެސް ވަނީ ކޮވިޑް ޖެހިފައެވެ.

އެގޮތުން ބޮލީވުޑްގެ ބަތަލާ އަދި ރިތޭޝް ދޭޝްމުކްގެ އަންހެނުން ޖެނީލިއާ ޑިސޯޒާ މި ވަނީ މީގެ ތިން ހަފުތާ ކުރިން އޭނާ ކޮވިޑް 19 އަށް ޕޮޒިޓިވް ވި ކަމަށް ބުނެފިއެވެ. ޖެނީލައާ ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި މީގެ 21 ވަރަކަށް ދުވަސްކުރިން އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެހެންނަމަވެސް އޭނާ މިހާރު ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ.

ޖެނީލިއާ ބުނީ ކޮވިޑަކީ މޮންސްޓާ އެއްގެ ގޮތުގައި ސިފަކޮށް އެ ބިރުވެރިކަމުން ސަލާމަތް ވެވޭނެ ގޮތަކީ ސިއްހަތަށް ފައިދާ ހުރި ކާ އެއްޗެހި ކައިގެން ދުޅަހެޔޮ ކަންމަތީ އުޅެގެން ކަމަށެވެ.

މީގެ ކުރިން ބޮލީވުޑްގެ މަޝްހޫރު އާއިލާއެއް ކަމަށްވާ ބަޗަން އާއިލާގެ ގިނަ ފަންނާނުން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެގޮތުން އަބީޝެކް ބަޗަން އާއި ބައްޕަ އަމީތާބު ބަޗަން އާއި އަންހެނުން އައިޝްވާރިޔާ ރާއީ އަދި ދަރިފުޅު އަރާދްޔާ ބަޗަން ވަނީ ޕޮޒިޓިވްވެފައެވެ.