ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރުމާ ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑު ވެއްޖެއެވެ.
އަނުޝްކާ ކުރި ޓުވީޓެއްގައި ވަނީ އޭނާ އަދި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓު ކޮލީއަށް ދަރިއެއް ލިބެން އުޅޭ ކަމުގެ އުފާވެރި ހަބަރު އެދެމީހުންގެ ސަޕޯޓަރުންނަށް ދީފައެވެ. އަނުޝްކާ ބަނޑަށް މިހާރު ހަތަރު މަސްވެފައިވާއިރު، އޭނާ ވިހާނީ މިއަންނަ އަހަރުގެ ޖެނުއަރީ މަހުއެވެ.
އެދެމީހުން މިވަގުތު ތިބީ އެމީހުންގެ މުމްބާއީގައި ހުންނަ ރެސިޑެންސްގައި ކަރަންޓީނު ވެގެންނެވެ. އަނުޝްކާ އަދި ވިރާޓު ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު ކައިވެނި ކުރީ 2017 ވަނަ އަހަރު ޑިސެމްބަރު މަހު އިޓަލީގައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން