ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 29 ޕަސެންޓް މަސައްކަތް ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 29 ގައި އަމަލީ މަސައްކަތް ފެށި އެ މަޝްރޫއުގައި 72800 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި 566 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 135 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި 2825 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖަހައި ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 95 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑު ހިލަ މިދިޔަ އަންގާރަ ދުވަހު އެރަށަށް ގެންގޮސްފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

ޑިޒައިން އެންޑް ބިލްޑު އުސޫލުން މި މަޝްރޫއު ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރީ 68.66 މިލިއަން ރުފިޔާއަށެވެ. މި ޕްރޮޖެކްޓު ނިންމަން ކަނޑައަޅާފައިވަނީ 590 ދުވަހުގެ ތެރޭގައެވެ.