ޔޫޓިއުބްގައި ދެދުވަސްތެރޭގައި އެންމެ ގިނަ ޑިސްލައިކް ލިބުނު ޓްރެއިލާ އަކަށް "ހާލީ ޕީލީ"ގެ ޓްރެއިލާ ވެއްޖެއެވެ.
ލީޑްރޯލުން އަނަންޔާ ޕާންޑޭ އަދި އިޝާން ހައްތަރު ފެނިގެންދާ ހާލީ ޕީލީގެ ޓްރެއިލާ އަށް ވަނީ 1.2 މިލިއަން ޑިސްލައިކް ލިބިފައެވެ. ހާލީ ޕީލީ އަކީ އަނަންޔާ އަދި އިޝާން އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ޓްރެއިލާ އާއްމު ކުރުމާއި އެކު ގިނަ މީހުން ވަނީ އެޔަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އެގޮތުން ނެޕްޓިޒަމްގެ ވާހަކަ ދައްކައި ފިލްމު ބޮއެކޮޓް ކުރުމަށްވެސް ބައެއް މީހުން ވަނީ ގޮވާލައިފައެވެ.
ދެދުވަސްތެރޭގައި ދެވަނައަށް އެންމެ ގިނަ ޑިސްލައިކް ލިބުނު ޓްރެއިލާ އަށް ހާލީ ޕީލީގެ ޓްރެއިލާ ވެފައިވާއިރު ޔޫޓިއުބްގައި އެންމެ ގިނަ ޑިސްލައިކް ލިބިފައިވާ ޓްރެއިލާ އަކަށް ވެގެން ގޮސްފައިވަނީ ލީޑް ރޯލުން އާލިއާ ބަޓް، ސަންޖޭ ދަތު އަދި އަދިތުޔާ ރޯއީ ކަޕޫރު ފެނިގެންދާ "ސަޅަކް 2" ގެ ޓްރެއިލާ އެވެ.
ސުޝާންތު ސިންގު ރާޖުޕުތު މަރުވުމާ ގުޅިގެން އާއްމުން ދަނީ ބޮލީވުޑްގައި ނެޕްޓިޒަމް އޮތް މިންވަރާއި ގުޅޭގޮތުން ހޫނު ބަހުސްތައް ކުރަމުންނެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ފިލްމީ އާއިލާތަކަށް ނިސްބަތްވާ ފަންނާނުންގެ ފިލްމުތައް ބޮއެކޮޓް ކުރުމަށްވެސް ވަނީ ގޮވާލައިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން