ކަލާސް ޓީވީން ގެނެސްދޭ ހަތުރޯން ކީ ކިލާޑީ ގެ 9 ވަނަ ސީޒަން ކާމިޔާބު ކުރި މަޝްހޫރު ކްރޮއެގްރަފަރު ޕުނިތު ޕާޓަކް އެންގޭޖް ކޮށްފިއެވެ. ޕުނިތު އެންގޭޖް ކޮށްފައިވަނީ އިއްޔެއެވެ.
ޕުނިތު އެންގޭޖު ކޮށްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ނިދީ މޯނީ ސިންގު އާއި އެވެ. އެދެމީހުން އެންގޭޖު ކުރުމާ ގުޅިގެން ޓެލެވިޒަން އިންޑަސްޓްރީގައި މަސައްކަތް ކުރާ މަޝްހޫރު ތަރިން ވަނީ އެދެމީހުންނަށް ތަހްނިޔާ ކިޔައިފައެވެ. އެގޮތުން ޕުނިތުއަށް ތަހުނިޔާ ކީ ފަންނާނުންގެ ތެރޭގައި ބާތީ ސިންގު ޖޭސްމިން ބާސިން، އަލީ ގޯނީ ހިމެނެއެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލު ވަރުން ދަވަން ވެސް ވަނީ ޕުނިތު އަށް މަރުހަބާ ކިޔައިފައެވެ. ޕުނިތު އަކީ ބޮލީވުޑްގެ ބައެއް ފިލްމުތަކުންވެސް ފެނިފައިވާ ތަރިޔެކެވެ. އެގޮތުން "އޭބީސީޑީ“، އާއި "ސްޓްރީޓް ޑާންސަރ"ހިމެނެއެވެ.
ނެށުމުގެ ރިއަލިޓީ ޝޯތަކުގައި ވެސް ޕުނިތު ހަރަކާތްތެރިވެފައި ވެއެވެ. އެގޮތުން އޭނާއަކީ ސްޓާ ޕްލަސް އިން ގެނެސްދޭ "ޑާންސް ޕްލަސް" ރިއަލިޓީ ޝޯގެ ޖަޖެކެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން