މަޖީދީމަގުގައި ހުންނަ ވެސްޓޯ މޯބައިލް ފިހާރަ ފަޅާލައި ވައްކަން ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިދިޔަ ބުދަ ދުވަހު އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެމީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މިދިޔަ ހަފުތާގެ ހޯމަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މި މައްސަލައިގައި ވެސްޓޯ މޯބައިލް ފިހާރައިން ވަގަށް ނެގި ގިނަ އަދަދެއްގެ ތަކެތި މިހާރު ވަނީ ހޯދައިފައެވެ. އެގޮތުން 78،240 ރުފިޔާގެ ތަކެތި ހޯދާފައިވާ ކަމަށާއި މިތަކެތީގެ ތެރޭގައި ހިމެނެނީ މޯބައިލް ފޯނާއި އެކި އިލެކްޓްރޯނިކް ސާމާނު ކަމަށް ފުލުހުން ބުނެއެވެ.
ވަގަށް ނަގާފައިވާ މިތަކެތި ހޯދާފައިވަނީ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ ދިރިއުޅޭ ގެއާއި އޭނާއާ ގުޅުންހުރި އެހެނިހެން ތަންތަން ބަލައި ފާސްކޮށް އެ ތަންތަނުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މިހާތަނަށް ފުލުހުން ކުރި ތަހުގީގުން އެ ފިހާރަ ފަޅާލައި 101،720 ރުފިޔާގެ ތަކެތި ވަގަށް ނަގާފައިވާކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ މިހާރު ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު