ފިނިކުރި ކުކުޅާއި ކުކުޅުގެ ބައިތަކާއި ފިނިކުރި އިތުރު ބާވަތްތައް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ "ކުކުޅު ފިހާރަ" އިން ހިޖުރީ އާ އަހަރާ ދިމާކޮށް ފޭސްބުކް މެދުވެރިކޮށް ކުރިއަށްގެންދާ "ޝެއާ އެންޑް ވިން" ޕްރޮމޯޝަންގެ ފުރަތަމަ ހަފުތާގެ ނަސީބުވެރިޔާ ހޮވައިފިއެވެ.
ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖުގައި ޕޯސްޓުކޮށްފައިވާ "ޝެއާ އެންޑް ވިން" ޕޯސްޓަށް ލައިކެއް ދިނުމަށްފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެސަކު ޓެގުކޮށްގެން ކުކުޅު ފިހާރައިން ވިއްކާ ގަނޑުކުރި ބާވަތްތައް ހިމެނޭ ގިފްޓް ޕެކް ލިބުނު ފުރަތަމަ ނަސީބުވެރިއަކީ މުހައްމަދު އަޒާންއެވެ.
މި ޕްރޮމޯޝަނަކީ މިމަހުގެ 20 ވަނަ ދުވަހުން އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. އަދި ކޮންމެ ހަފުތާއެއްގެ ވެސް ނަސީބުވެރިޔާ އަންގާރަ ދުވަހު ފޭސްބުކް މެދުވެރިކޮށް އާންމު ކުރާނެ ކަމަށް ކުކުޅު ފިހާރައިން މީގެ ކުރިން މައުލޫމާތު ދީފައިވެއެވެ.
މީގެ ކުރިން ކުކުޅު ފިހާރައިން ފިނިކުރި ކާބޯތަކެތި އެކަނި ވިއްކި ނަމަވެސް އެ ފިހާރައިގެ އީ-ޝޮޕިން މޯލް ހުޅުވުމާއެކު އެކިއެކި ސާމާނު އަގުހެޔޮކޮށް މިހާރު ލިބެއެވެ. އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް އެ ފިހާރައިން ބުނެއެވެ. އެގޮތުން އެން 95 މާސްކާއި ސެނެޓައިޒާ ވެސް ކުކުޅު ފިހާރައިގެ އީމޯލް އިން މިހާރު ލިބޭނެއެވެ.
ކުކުޅު ފިހާރައިގެ ދެ އައުޓްލެޓް މާލޭގައި ހުންނަ އިރު ހުޅުމާލޭގައި ވެސް އެ ފިހާރައިގެ އައުޓްލެޓެއް ހުރެއެވެ. އޭގެ އިތުރުން އއ. ތޮއްޑޫގައި އަދި ސ. ހިތަދޫގައި ވެސް އެ ފިހާރައިގެ އައުޓްލެޓެއް ވަނީ ހުޅުވައިފައެވެ.
ކުކުޅު ފިހާރައިން ބުނީ، މާލެ އާއި އަތޮޅުތެރޭގައި އެ ފިހާރައިގެ އިތުރު އައުޓްލެޓުތައް ހުޅުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އެ ފިހާރައިގެ އަމާޒަކީ އެ ފިހާރައިގެ ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކުރުމެވެ. އަދި ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާ، އަގުހެޔޮ، ފިނިކުރި ތަކެތި ފޯރުކޮށްދިނުމެވެ.
ކުކުޅު ފިހާރައިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ މައުލޫމާތު ހޯދުމަށް ހުޅުމާލެއިން ނަމަ 9666575 އަށް އަދި މާލެއިންނަމަ 9986575 އަށް ގުޅުމަށް އެ ފިހާރައިން އެދެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި