ކަލާސް ޓީވީން ގެނެސްދޭ ސަލްމާން ހާން ހޯސްޓު ކުރާ ކާމިޔާބު ރިއަލިޓީ ޝޯ ބިގްބޮސްގެ 14 ވަނަ ސީޒަން ގައި ޖޭސްމިން ބަސިން އަދި ޕަވިތުރާ ޕޫނީއާ ބައިވެރިވާކަން ޔަގީން ވެއްޖެއެވެ.
ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ބިގްބޮސްގެ 14 ގައި ބައިވެރިވުމަށް ޖޭސްމިން މިހާރު ވަނީ ކޮންޓްރެކްޓްގައި ސޮއިވެސް ކޮށްފައެވެ. ޕަވިތުރާ ޕުނީއާ ވެސް ވަނީ ކޮންޓްރެކްޓްގައި ސޮއި ކޮށްފައެވެ.
ބިގްބޮސް 14 ގައި ބައިވެރިވުމަށް ޓެލެވިޒަން އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ އަދި މިހާރު ކަލާސް އިން ގެނެސްދޭ "ނާގިން 5" ގެ ލީޑްރޯލުން ފެނިގެންދާ ނިއާ ޝަރުމާ އަށްވެސް ވަނީ ހުށަހަޅައިފައެވެ. އެހެންނަމަވެސް ނިއާ އަދި އެ ހުށަހަޅެން ގަބޫލު ކުރި ކަމެއް ސާފެއް ނުވެއެވެ.
ޖޭސްމިން ވަނީ ގިނަ ޓީވީ ސީރީސްތަކާއި ރިއަލިޓީ ޝޯތަކުންވެސް ފެނިގެން ގޮސްފައެވެ. އެގޮތުން ޖޭސްމިން ވަނީ ޓީވީ ސީރީސްތައް ކަމަށްވާ "ދިލް ސޭ ދިލް ތަކު" އިންނާއި "ދިލް ތޯ ހެޕީ ހޭ ޖީ" އިން ބެލުންތެރިންގެ ލޯތްބާއި ސަޕޯޓް ހޯދައިފައެވެ. ޖޭސްމިން ވަނީ ކަލާސް އިން ގެނެސްދޭ ރިއަލިޓީ ޝޯއެއް ކަމަށްވާ "ހަތުރޯން ކޯ ކިލާޑީ" ގައިވެސް ބައިވެރިވެފައެވެ. ޖޭސްމިން އާއި އެކު ދިލް ސެ ދިލް ތަކު ގެ ލީޑް ރޯލުން ފެނިގެންދިޔަ ސިދާތު ޝުކްލާ ވަނީ ބިގްބޮސްގެ މިދިޔަ ސީޒަން ކާމިޔާބު ކޮށްފައެވެ.
ޕަވިތުރާ ޕޫނިއާ މިވަގުތު މަސައްކަތް ކުރަމުން އަންނަނީ ޓީވީ ސީރީޒެއް ކަމަށްވާ "ބާލް ވީރު" ގައެވެ. ޕަވިތުރާ އަކީ ބިގްބޮސްގެ މިދިޔަ ސީޒަންގެ ބައިވެރިއެއް ކަމަށްވާ ޕާރަސް ޗާބްރާގެ ކުރީގެ ލޯބިވެރިއެކެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން