އަނަންޔާ ޕާންޑޭ އަދި އިޝާން ހައްތަރު ލީޑްރޯލުން ފެނިގެންދާ ފިލްމު "ހާލީ ޕީލީ" އޮންލައިންކޮށް ރިލީޒް ކުރަން ފިލްމުގެ ޓީމުން ނިންމައިފިއެވެ.
ހާލީ ޕީލީގެ ޓީޒާ އިއްޔެ ބެލުންތެރިންނަށް ދައްކައިލައިފައި ވާއިރު، އެ ފިލްމު ރިލީޒް ކުރަން ނިންމާފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހެވެ. އެ ފިލްމުގެ މަސައްކަތްތައް އެއްކޮށް ކަހަލަ ގޮތަކަށް ނިމިފައި ވީނަމަވެސް އަދި އެއްދުވަހުގެ ޝޫޓިންތައް ބާކީ އެބަ އޮތް ކަމަށް ފިލްމުގެ ޓީމުން ވަނީ ބުނެފައެވެ.
ފިލްމުގައި ބާކީ ނުނިމި އޮތް އެއްދުވަހުގެ ޝޫޓިން މިފެށޭ ސެޕްޓެމްބަރު މަހު ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު މުމްބާއީ ކުރިއަށް ގެންދިއުމަށްވެސް ފިލްމުގެ ޓީމުން ވަނީ ނިންމައިފައެވެ.
އިޝާން އަދި އަނަންޔާ އެކީ ފިލްމަކުން ފެނިގެންދާ ފުރަތަމަ ފިލްމަކީ ހާލީ ޕީލީ އެވެ.
އަނަންޔާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ބޫމީ ޕަޑްނޭކަރް އަދި ކާތިކް އާރްޔަން އާއިއެކު "ޕަތީ ޕަތުނީ އޯރް ވޯ" އިންނެވެ. އިޝާން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ދަޅަކް" އިންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން