އައްޑޫ ސިޓީގައި ހޯމް ކަރަންޓީނުގައި ހުރި ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އައްޑޫގައި ހޯމް ކަރަންޓީނުގައި ހުރި 27 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ ބަނދުލަދޭޝް ރައްޔިތަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މީގެ އިތުރުން މިއަދު ވަނީ 24 އަހަރުގެ ދިވެހި ފިރިހެނެއްވެސް އައްޑޫ އިން ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު މަތިވަމުންދާ އިރު، ރަށްރަށަށް ހޯމް ކަރަންޓީނަށް ދާ މީހުން ޕޮޒިޓިވްވާ އަދަދުވެސް ދަނީ މަތިވަމުންނެވެ.

އެގޮތުން މިއަދު ވަނީ ދުވާފަރު ހޯމް ކަރަންޓީނުގައި ހުރި އުމުރުން 81 އަހަރުގެ ފިރިހެނަކާއި ތިން އަހަރުގެ ފިރިހެން ކުއްޖަކާއި 55 އަހަރުގެ އަންހެނެއް ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ލ. ގަމުން އަށް އަހަރުގެ ފިރިހެން ކުއްޖަކާއި، ތ. އޮމަދޫ އިން 11 އަހަރާއި ދެ އަހަރުގެ ފިރިހެން ކުއްޖަކާއި ހަތަރު އަހަރުގެ އަންހެން ކުއްޖެއް ވަނީ ޕޮޒިޓިވްވެފައެވެ.

ރ. ކިނޮޅަހުން 53 އަހަރުގެ ފިލިޕިންސް މީހަކާއި ކ. ހިންމަފުށި ރިހެބިލިޓޭޝަން ސެންޓަރުން ދޫކޮށްލުމަށް ސާމްޕަލް ނެގި 32 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ބ. އޭދަފުށިން 48 އަހަރުގެ ފިރިހެނަކާއި ދ. ރިނބުދޫއިން އެއް މަހުގެ ކުއްޖަކާއެކު ފިރިހެނެކާއި ހަ އަހަރުގެ އަންހެން ކުއްޖަކާއި ދެ އަންހެނުން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

މީގެ އިތުރުން ފ. ދަރަނބޫދޫ އިން އިންޑިއާ މީހަކާއި ތ، އޮމަދޫއިން 28 އަހަރުގެ ފިރިހެނަކާއި ފ. ބިލެއްދޫ އިން 11 އަހަރުގެ ފިރިހެން ކުއްޖެއް އަދި ކ. މާފުށިން 26 އަހަރުގެ އަންހެނަކުވެސް މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.