ޏ. ފުވައްމުލަކު ސިޓީގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި މެޑިކަލް އިކުއިޕްމެންޓްތައް އިންސްޓޯލްކޮށް ނިންމައިފިއެވެ.
ފުވައްމުލަކު ސިޓީގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ފެސިލިޓީގައި އެއް އައިސީޔޫ ބެޑާއި ދެ ހޮސްޕިޓަލް ބެޑްސް ހުރެއެވެ.
އެސްޓީއޯއިން ބުނީ ފުވައްމުލަކުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި މެޑިކަލް އިކުއިޕްމެންޓްސްތައް އެއްކޮށް އިންސްޓޯލްކޮށް ނިމިފައިވާ ކަމަށެވެ. އެގޮތުން ފެސިލިޓީން ލައިފް ސަޕޯޓާއި ޕީޕީއީ ކިޓްސްއާއި ކޮވިޑަށް ބޭނުންވާ ބޭހާއި ފަރުވާ ދިނުމަށް ބޭނުންވާ ސާމާނާއި ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ބުނީ އެ ފެސިލިޓީއަށް ބޭނުންވާ މެޝިނުތައް އިންސްޓޯލްކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ވެންޓިލޭޓަރާއި އީސީޖީ މެޝިނާއި ވައިޓަލް ސައިން މެޝިނާއި ޕޭޝިއެންޓް މޮނީޓަރާއި ސެންޓްރަލް މޮނީޓަރާއި އިންފިއުޝަން ޕަންޕާއި ސިރިންޖް ޕަންޕްވެސް ހިމެނޭ ކަމަށެވެ.
ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީ، ހއ. އިހަވަންދޫ، ލ. ގަން، ގއ. ވިލިނގިލި، ބ. އޭދަފުށި އަދި ށ. ފޮނަދޫގައި ގާއިމުކުރި ކޮވިޑް މެނޭޖްމަންޓް ފެސިލިޓީތައް ވެސް މިދިޔަ މަހުގެ ތެރޭގައި ވަނީ ހުޅުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު