"ބޮއެކޮޓް ކަންގަނާ" ގެ ނަމުގައި ސޯޝަލް މީޑިއާގައި ބަޔަކު ދަނީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނޯއަތު އާ ދެކޮޅަށް ހޭޝްޓެގެއް ދައުރުކުރަމުންނެވެ.
ކަންގަނާ ބޮއެކޮޓް ކުރުމަށް ގޮވާލާ ހޭޝްޓެގް ތައްޔާރުކޮށްގެން ދައުރުކުރާ މީހުންނަށް ކަންގަނާ ވަނީ ހޫނު ރައްދެއް ދީފައެވެ. އެގޮތުން އެކަމާ ގުޅޭގޮތުން ކަންގަނާ ބުނީ މީދާތައް ހޮރުން ނިކުންނަން ފަށައިފިކަން އެނގިއްޖެ ކަމަށެވެ.
ކަންގަނާ ވަނީ އޭނާއާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ހޭޝްޓެގް ތައްޔާރުކުރީ ބޮލީވުޑްގެ މޫވީ "މާފިއާ" އަށް ނިސްބަތްވާ މީހުން ކަމަށްވެސް ތުހުމަތު ކޮށްފައެވެ. ކަންގަނާ ބޮލީވުޑްގެ މޫވީ މާފިއާ ގޮތުގައި ސިފަ ކުރަނީ ބޮލީވުޑްގެ މަޝްހޫރު އާއިލާތަކަށް ނިސްބަތްވާ ތަރިންނާއި މަޝްހޫރު ބައެއް ޑައިރެކްޓަރުންނެވެ. އޭގެ ތެރޭގައި ކަރަން ޖޯހަރު، އާލިއާ ބަޓް، ސަލްމާން ހާން އަދި މަހޭޝް ބަޓް ހިމެނެއެވެ.
ކަންގަނާ ޓުވީޓާ ބޭނުން ކުރުން ހުއްޓާލުމަށްފަހު އަނެއްކާ އަލުން ޓުވީޓާ ބޭނުން ކުރާން ފަށާފައިވަނީ މި ހަފުތާ ތެރޭގައެވެ. އޭނާ އަލުން ޓުވީޓާ ބޭނުންކުރަން ފެށުމުން މަޝްހޫރު ގިނަ ތަރިންނާއި މަޝްހޫރު ސިޔާސީ ލީޑަރުން ތިބީ އެހާ އުފާވެފައެއް ނޫނެވެ. ސަބަބަކީ ކަންގަނާ ފާޅުގައި ބޮލީވުޑްގައި އަދި ސިޔާސީ މަޝްރަހްގައި ހިނގާ ކަންކަމަށް ފާޑުކިޔައި ރައްދު ދޭތީއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން