މެރިޓައިމް އިންޑަސްޓްރީ ތަރައްގީކުރުމަށް ގިނަ ކަންތައްތަކެއް ސަރުކާރަށް ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ.
މިއީ މެރިޓައިމް އިންޑަސްޓްރީގައި ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ގަރާރެކެވެ.
ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން 58 މެންބަރުން ވޯޓު ދެެއްވައިެގެން އެ ގަރާރު ފާސްކުރީ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ހުށަހެޅި ކަންތައްތައް ހިމަނައިގެންނެވެ.
ގަރާރުގައި ހިމަނާފައިވާ ކަންތައްތަކުގެ އިތުރުން ހަތް ކަމެއް ކުރުމަށް ކޮމިޓީން ވަނީ ގަރާރާއެކު މަޖިލީހަށް ހުށަހަޅައިފައެވެ. އެ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ މެރިޓައިމް ސޭފްޓީ ހަރުދަނާކޮށް، މެރިޓައިމް އިންޑަސްޓްރީ ކުރިއެރުވުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ރީ ސްޓްރަކްޗާ ކުރުމާއެެކު އެތަނަކީ ރައްޔިތުންނަށް ފެންވަރު ރަނަގަޅު ހިދުމަތްތަކެއް ދެވޭނެ ތަނަކަށް ހެދުމާއި، ސެންޓާފޯ މެރިޓައިމް ސްޓްޑީސްގެ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރުމާއި، ކަމާބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބައިވެރިވުމަށް ވެސް ހުށަހަޅާފައިވެއެވެ.
އޭގެ އިތުރުން މެރިޓައިމް ދާއިރާއިން ދިވެހިން ތަމްރީން ކުރުމަށް ކަމާބެހޭ ދާާއިރާތަކުގެ ބޭރުގެ މާހިރުން ގެނައުމާއި، ބޭރަަށް ފޮނުވައިގެން ދިވެހިން ތަމްރީންކުރުމާއި، ރާއްޖޭގެ އަމިއްލަ ޝިޕިން ލައިނެއް އުފެއްދުމަށްވެސް ހުށަހަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު