ރިއާ ޗަކަރަބޮޓީގެ ބައްޕަ އިންދްރަޖީތު ޗަކަރަބޮޓީ އަދި މަޝްހޫރު ޑައިރެކްޓަރު މަހޭޝް ބަޓް އާއި ދެމީހުން ގުޅިގެން ސުޝާންތު ސިންގު ރާޖުޕުތު މަރާލީ ކަމަށް، ސުޝާންތު އާއި އެކު ޖިމަށް ދާ އެކުވެރިއެއް ކަމަށްވާ ސުނިލް ޝުކްލާ ތުހުމަތު ކޮށްފިއެވެ.
އެގޮތުން ސުނިލް ބުނީ ސުޝާންތު މަރާލީ ރިއާގެ ދެ ޑެޑީން ވެގެން ކަމަށެވެ. އެގޮތުން އެތަނުން އެކަކީ ރިއާގެ ބައްޕަ ކަމަށާއި ދެވަނަ މީހަކީ ރިއާގެ ޝުގަރ ޑެޑީ މަހޭޝް ބަޓް ކަމަށެވެ.
ރިއާގެ ބައްޕަ އިންދްރަޖީތު އަކީ ޑޮކްޓަރަކެވެ. ސުޝާންތު ރިއާގެ ބައްޕައަށް ކޮންސަލްޓް ކުރުމަށްފަހު، އޭނާ ލިޔެދިން ބޭސް ސުޝާންތުއަށް ދިން ކަމުގެ ވާހަކަ ވަނީ ފެންމަތި ވެފައެވެ. އެކަމާ ގުޅިގެން ސުނިލް ބުނީ ރިއާ ސުޝާންތުގެ ގެއިން ނިކުމެގެން ދިއުމަށްފަހުވެސް ސުޝާންތުއަށް އިންދްރަޖީތު ލިޔެދިން ބޭސް ކާންދެމުންދިޔަ ކަމަށެވެ.
ސުނިލް ބުނީ ސުޝާންތު އާ އެކީ ޖިމަށް ގޮސް ވޯކްއައުޓް ކޮށް އުޅުނު އިރު އެއްވެސް ވަރަކަށް ސުޝާންތު ނަފުސާނީ ބަލިމަަޑުކަމެއްގެ ޝިކާރައަކަށް ވެފައިވާ ކަމުގެ އިހްސާސެއް ނުވާ ކަމަށެވެ. ސުނިލް ވަނީ ސުޝާންތު މަރާލާފައި އެދުވަހު ދަންޖެއްސީ ކަމަށް ޝައްކު ކޮށްފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް