އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލެ ސިޓީ ކައުންސިލަށް ހޯދި ވެހިކަލްތައް އެ ކައުންސިލާ މިއަދު ހަވާލުކޮށްފި އެވެ.
ވެހިކަލްތައް ހަވާލުކޮށް ނިންމުމުގެ ގޮތުން މިއަދު ވަނީ ވާޗުއަލް ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުރުން ފޮރިން މިނިސްޓްރީ، އިންޑިއާ ހައިކޮމިޝަން އަދި ސިޓީ ކައުންސިލްގެ އިސް ބޭފުޅުން ބައިވެރިވި އެވެ.
މާލެ ސިޓީ ކައުންސިލަށް ވެހިކަލް ހޯދުމުގެ ޕްރޮޖެކްޓަށް ފަންޑުކޮށްފައިވަނީ މިިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އިންޑިއާ އިން އިއުލާން ކުރި 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުންނެވެ. އެ އެހީގެ ދަށުން މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ސިޓީ ކައުންސިލުން ދެމެދުންދާ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ ބައެއް ވެހިކަލްތަކާ މެޝިނަރީ ހޯދުމަށް އަށް މިލިއަން ރުފިޔާ ހާއްސަކުރި އެވެ.
މި ޕްރޮޖެކްޓްގެ ދަށުން ޖުމްލަ 16 ވެހިކަލެއް ސިޓީ ކައުންސިލަށް ހޯދާފައިވާއިރު މިއަހަރުގެ ފެބްރުއަރީ މަހު މީގެ ތެރެއިން ބައެއް ވެހިކަލްތައް ވަނީ މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއެކު މާލޭ ސިޓީ ކައުންސިލަކީ ވަރަށް ގިނަ ޒިންމާތަކެއް މަތިވެފައިވާ ތަނެއް ކަމަށާއި މާލެ ސިޓީގެ ރައްޔިތުންނަށް ދުވަހުން ދުވަހަށް ކައުންސިލުން ދެމުންދާ ހިދުމަތްތައް ދިނުމުގައި މި ވެހިކަލްތަކުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު