ސުޝާންތު ސިންގު ރާޖުޕުތު އަމިއްލައަށް މަރުވުމާއި ގުޅިގެން ބޮލީވުޑްގައި ނެޕްޓިޒަމް އޮތް މިންވަރާ ގުޅޭ ގޮތުން ބޮޑެތި ބަހުސްތައް ފެށި، މަޝްހޫރު ފިލްމީ އާއިލާތަކަށް ނިސްބަތްވާ ފަންނާނުންނަށް ވަނީ ގިނަ ބައެއްގެ ނަފުރަތާއި ރުޅިވެރިކަމާއި ކުރިމަތިލާން ޖެހިފައެވެ.
އެގޮތުން އާއްމުންގެ ފަރާތުން ލިބެމުންދާ ނަފުރަތާއި ރުޅިވެރިކަމަށް ކެތް ނުކުރެވިގެން ބޮލީވުޑްގެ މަޝްހޫރު ބަތަލު ސޫރަޖް ޕަންޗޮލީ މިވަނީ އިންސްޓަގްރާމު ބޭނުން ކުރުން ހުއްޓާލައިފައެވެ. ސޫރަޖް ވަނީ އިއްޔެ އޭނާގެ އިންސްޓަގްރާމުގައި ހުރި ހުރިހާ ޕޯސްޓްތަކެއްވެސް ފޮހެލައިފައެވެ.
ސޫރަޖް އިންސްޓަގްރާމް ބޭނުން ކުރުން ހުއްޓާލިކަން އިއުލާން ކޮށްފައިވާ މި ދަނޑިވަޅަކީ ސުޝާންތުގެ މަރުގައި ސޫރަޖްގެ އަތެއްވެސް ވާކަމަށް ބުނެ ބައެއް މީހުން އޭނާގެ ބޮލުގައި އެކި ކަހަލަ ތުހުމަތުތައް އަޅުވަމުންދާ ދަނޑިވަޅެކެވެ. އެ ތުހުމަތުތަކަށް އިންކާރުކޮށް ސޫރަޖް ވަނީ ސުޝާންތުގެ މަރާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް