ސުޝާންތު ސިންގު ރާޖުޕުތު މަރުވިފަހުން ދެމަސް ދުވަސް ފާއިތުވެފައިވާއިރު، ކޮންމެ ދުވަހަކުވެސް އަންނަނީ އޭނާގެ މަަރާ ގުޅޭ އާވަހަކަތަކެއް އަޑުއިވެމުންނެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ބާންޑްރާގައި ހުންނަ ސުޝާންތު ދިރިއުޅުނު ފްލެޓް ބަލައި ފާސްކުރުމަށް އެ ފްލެޓަށް ވަނީ ސެންޓަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) ގެ ޓީމެއް ގޮސްފައެވެ.
އީ ޓައިމްސް ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސުޝާންތުގެ ފްލެޓަށް ސީބީއައިގެ ޓީމެއް ގޮސްފައިވާއިރު އެ ޓީމާއެކު ވަނީ ފޮރެންސިކް ޓީމެއްވެސް ބައިވެރި ވެފައެވެ. އެއީ ސުޝާންތުގެ ފްލެޓް ބަލައި ފާސްކޮށް ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ކަމަށް އީޓައިމްސްގައި ވަނީ ރިޕޯޓް ކޮށްފައެވެ.
ޕިންކް ވިލާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސުޝާންތުގެ ފްލެޓަށް ސީބީއައިގެ ޓީމު ދިޔައިރު އެ ފްލެޓްގައި ސުޝާންތާ އެއްކޮށް އުޅުނު މީހެއް ކަމަށްވާ ސިދާތު ޕިތާނީ އަދި ސުޝާންތުގެ ކައްކާއެއް ކަމަށްވާ ނީރަޖު ވެސް ވަނީ ގެންގޮސްފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް