ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެ ފަހަރަށް ފައިސާ ކެނޑިފައިވާ މައްސަލަ ވީހާވެސް އަވަހަށް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލުން މިރޭ ބުނީ ޑެބިޓް ކާޑުން ބޭންކުގެ ބައެއް ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެ ފަހަރަށް ކެނޑިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިގޮތަށް ދިމާވި މައްސަލަ ހޯދިފައިވާ ކަމަށާއި ވީހާވެސް އަވަހަކަށް އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބީއެމްއެލުން ބުންޏެވެ.
"މިކަމާ ގުޅިގެން ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެން،" ބީއެމްއެލުން ބުންޏެވެ.
ބައެއް އެކައުންޓުތަކުން ހަދާފައިވާ ޓްރާންސެކްޝަންތަކުން ދެ ފަހަރަށާއި ތިން ފަހަރަށް ކަނޑާފައިވާތީ، ބައެއް ކަސްޓަމަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު