ބޮލީވުޑްގެ މަޝްހޫރު ބަތަލު ސުޝާންގު ސިންގު ރާޖުޕުތު އަމިއްލައަށް މަރުވި މައްސަލަ މީގެ ކުރިން ބަލަމުން ދިޔައީ މުމްބާއީ އާއި ބިހާރުގެ ފުލުހުންގެ އިތުރުން އެންފޯސްމެންޓް ޑައިރެކްޓްރޭޓްގެ ފަރާތުންނެވެ. ސުޝާންތުގެ މަރުގެ މައްސަލަ ތަހުގީގު ކުރުން ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އަށް ހަވާލުކުރުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.
މުމްބާއީ ފުލުހުން ސުޝާންތުގެ މަރުގެ މައްސަލަ ތަހްގީގު ކުރަމުންދަނިކޮށް ސުޝާންތުގެ ބައްޕަ ކޭކޭ ސިންގު ވަނީ ރިއާ ޗަކަރަބޮޓީ ގެ ބޮލުގައި ސުޝާންތުގެ މަރާއި ގުޅިގެން ގިނަ ތުހުމަތުތަކެއް އެޅުވުމަށްފަހު، ޕަޓްނާގައި އެފްއައިއާރު އެއް ފައިލްކޮށްފައެވެ. އެކަމާ ގުޅިގެން ރިއާ ވަނީ އެ އެފްއައިއާރުގެ ތަހުގީގު ކުރުން މުމްބާއީ ފުލުހުންނަށް ހަވާލުކޮށްދިނުމަށްވެސް ސުޕްރީމް ކޯޓުގައި އެދިފައެވެ. ސުޕްރީމު ކޯޓުން މިއަދު ވަނީ ރިއާ އާއި ދެކޮޅަށް ޕަޓްނާ ފުލުހަށް ހުށަހެޅި މައްސަލަތައް ތަހުގީގު ކުރުން މުމްބާއީ ފުލުހަށް ބަދަލު ކުރުމަށްވެސް އަމުރު ނެރެފައެވެ.
ސުޝާންތުގެ މަރުގެ މައްސަލަ ތަހުގީގު ކުރުން ސީބީއައި އަށް ބަދަލުކުރަން ސްޕްރީމު ކޯޓުން ނިންމުމުން ބޮލީވުޑްގެ ގިނަ ތަރިން ވަނީ އެކަމާ އުފާފާޅު ކޮށްފައެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރު، ކަންގަނާ ރަނޯއަތު އަދި ކްރިތީ ސެނަން ހިމެނެއެވެ. ސުޝާންތުގެ މަރުގެ މައްސަލަ ސީބީއައި އިން ތަހުގީގު ކުރަން ސުޕްރީމު ކޯޓުން އަމުރުކުރުމުން ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޮކަންޑޭ ވެސް ވަނީ ސުޕްރީމް ކޯޓަށް ޝުކުރު އަދާކޮށް ޓުވީޓް ކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން