ސުޝާންތު ސިންގު ރާޖުޕުތު ދަންޖެހިގެން މަރުވި މައްސަލަ ތަހްގީގު ކުރަމުން އަންނައިރު ކޮންމެ ދުވަހަކުވެސް އަންނަނީ އެ މައްސަލައާ ގުޅޭ އިތުރު ކަންކަން ހާމަވަމުންނެވެ. ސުޝާންތުގެ މަރާއި ގުޅިގެން އެންފޯސްމެންޓް ޑައިރެކްޓްރޭޓްގެ އޮފީހުން ތަހުގީގު ކުރަމުން އަންނަ މަނީ ލޯންޑަރިންގެ މައްސަލައަކާއި ގުޅިގެން އިއްޔެ ވަނީ ސުޝާންތުގެ ބައްޕަ ކޭކޭ ސިންގުގެ ބަޔާން ވެސް ނަގައިފައެވެ.
ސުޝާންތުގެ ބައްޕަ ވަނީ ބިހާރުގައި ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަރަކަބޮޓީއާ ދެކޮޅަށް އެފްއައިއާރު އެއްވެސް ހުށަހަޅައިފައެވެ. އީޑީ އިން ސުޝާންތުގެ ބައްޕަގެ ބަޔާން ނެގީ، ރިއާ އަދި އޭނާގެ އާއިލާ ސުޝާންތުގެ އެކައުންޓުން 15 ކްރޯޑު ރުޕީސް ނަގާފައިވާ ކަމަށް ސުޝާންތުގެ ބައްޕަ ތުހުމަތު ކުރުމާ ގުޅިގެންނެވެ. އީޑީގެ އޮފިޝަލުން ވަނީ ދިއްލީއަށް ގޮސް ސުޝާންތުގެ ބައްޕަ ބަޔާން ރެކޯޑް ކޮށްފައެވެ.
މީގެ ދުވަސްކޮޅެއް ކުރިން އީޑީ އިން ވަނީ ސުޝާންތުގެ ދައްތަ މީތޫ ސިންގުގެ ވެސް ބަޔާން ވެސްނަގައިފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އީޑީ އިން ވަނީ ސުޝާންތުގެ ދައްތައާ 6 ގަޑިއިރާއި 30 މިނަޓު ވަންދެން ސުވާލުކޮށްފައެވެ. މީގެ އިތުރުން އީޑީ އިން ވަނީ ރިއާގެ ކްރިއޭޓިވް އެސިސްޓެންޓް ރިތޭޝް ޝާހް ގެ ބަޔާން ނެގުމަށް އީޑީގެ އޮފީހަށް ހާޒިރުވުމަށް އަންގައިފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް