މާލީގެ ސިފައިން ނުކުމެ އެގައުމުގެ ރައީސް އާއި ބޮޑުވަޒީރު ހައްޔަރުކޮށްފިއެވެ.
މާލީގެ ރައީސް އިބްރާހިމް ބުއޯކްމަކަރު ކެއިތާ އާއި އެގައުމުގެ ބޮޑުވަޒީރު ބޯއުބޯއު ކައިސޭ ސިފައިން ހައްޔަރުކޮށްފައިވާކަން ސަރުކާރުގެ ތަރުޖަމާނު ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.
މާލީގައި ހަމަނުޖެހުން ބޮޑުވެ އެގައުމުގެ ސިފައިންގެ އަތްދަށަށް ގައުމު ގެނެސްފައިވާއިރު ސިފައިންގެ މައި މިލިޓަރީ ބޭސްއެއްގައި ބަޑީގެ އަޑު އިވިފައިވެއެވެ. މާލީގެ ވެރިރަށުގައި ހުންނަ ސަރުކާރުގެ އިމާރާތެއްގައިވެސް ބަޔަކު ވަނީ ރޯކޮށްލައިފައެވެ.
މާލީގެ ސިފައިންގެ ބާރުގެ ދަށަށް ގައުމު ގެނެސްފައިވަނީ އެގައުމުގެ މިލިޓަރީގެ އިސްފަރާތެއް ހައްޔަރުކުރި ހިސާބުންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ސިފައިންގެ ތެރެއިން ޖޫނިއާ ބައެއްކަމަށް މައުލޫމާތު ލިބެއެވެ.
މާލީގެ ރައީސް ކެއިތާ ވަނީ 2018 ވަނަ އަހަރު ތިންވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފައެވެ. ނަމަވެސް އޭނާގެ މައްޗަށް ކޮރަޕްޝަނާއި ގައުމު ހިންގަން ނޭނގޭ ކަމުގެ ތުހުމަތުކޮށް އިސްތިއުފާ ދިނުމަށް ގޮވާލައި ދާދިފަހުން ވަނީ އެގައުމުގައި މުޒާހަރާ ވެސް ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ