ސުޝާންތު ސިންގު ރާޖުޕުތު އަމިއްލައަށް މަރުވިފަހުން މިހާރު ދެމަސް ވެފައިވާއިރު ކޮންމެ ދުވަހަކު ސުޝާންތުގެ މަރާ ގުޅޭ އާ ކަންތައްތައް އަންނަނީ ހާމަވަމުންނެވެ.
ސުޝާންތު ދިރިއުޅޭ އެޕާޓްމެންޓްގެ ސީސީޓީވީ ފްޓޭޖު މިހާރު ލީކް ވެފައި ވާއިރު، އެ ފުޓޭޖުން ވަނީ ސުޝާންތު މަރުވުމުން އޭނާގެ ހަށިގަނޑު ގެންދަން ފުލުހުންނާއި އެމްބިއުލާންސް މުވައްޒަފުން ހަރަކާތްތެރިވަނިކޮށް ކާކުކަން ނޭނގޭ އަންހެނަކު ސުޝާންތުގެ އެޕާޓްމެންޓަށް ވަންނަ މަންޒަރު ފެނިފައެވެ.
ސުޝާންތުގެ އެޕާޓްމަންޓް ތެރެއަށް މީހުން ވަނުން ފުލުހުން ހުއްޓުވަމުން ދިޔައިރު އެ އަންހެން މީހާ އެޕާޓްމެންޓް ތެރެއަށް ވަދެ ސުޝާންތުގެ ކޮޓަރިއަށްވެސް ވަދެ އެތަނުގައި ކަޅު ހެދުމެއް ލައިގެން ހުރި ފިރެހެނަކަށް އެއްޗެއް ހަވާލު ކުރެއެވެ. އެ ފިރެހެން މީހާ ކަޅު ކޮތަޅަކަށް އެއްޗެއް ލާ މަންޒަރުވެސް ފުޓޭޖުން ފެނެއެވެ.
ޓައިމްސްގެ ނޫސްވެރިޔަކު ބުނީ އެތަނަށް ވަންނަ އަންހެން މީހާއަކީ، ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗޮކްރަބޮތީގެ ބޭބެ، ޝޮވިކް ޗޮކްރަބޮތީގެ ރައްޓެއްސެއް ކަމަށާއި ކަޅު އެއްޗެއް ލައިގެން ހުރި މީހާއަކީ ސުޝާންތުގެ މުވައްޒަފެއް ކަމަށް ފުލުހުން ބުނާ ކަމަށެވެ.
އެ ވީޑިއޯއާ ގުޅިގެން ޓައިމްސް ނައުއަށް ދިން އިންޓަވިއުއެއްގައި ބީޖީޕީގެ ލީޑަރު ސުބްރަމަނިއަމް ސްވާމީ ވަނީ ސުޝާންތު މަރުވި ދުވަހު އެތަނަށް ދެ އެމްބިއުލާންސް ފޮނުވީ ކީއްވެގެންތޯ ސުވާލު ކުރައްވައިފައެވެ. މީގެއިތުރުން ސުޝާންތުގެ ޕޯސްޓްމޮޓަމް ހެދި ހޮސްޕިޓަލުގެ މުވައްޒަފުންނާ ސުވާލުކުރުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް