އިންޑިއަން އެއާފޯސްގައި ފުރަތަމަ ފަހަރަށް ކޮމްބެޓެއް އުދުއްސި އަންހެން އޮފިސަރު ކަމަށްވާ ގުންޖަން ސަކްސޭނާގެ ދިރިއުޅުމާއި ބެހޭގޮތުން އުފެއްދި ބަޔޯޕިކްގައި ހިމަނާފައި ހުރި ވާހަކަތަކަށް، ގުންޖަން ސަކްސޭނާއާ އެކު މަސައްކަތް ކުރި ޕައިލެޓެއް ކަމަށްވާ ސްރީވިދްޔާ ރަޖަން ސުވާލު އުފައްދައިފިއެވެ.
މީގެ ހަފްތާއެއްހާ ދުވަސްކުރިން ނެޓްފްލިކްސްގައި ރިލީޒް ކުރި ފިލްމު "ގުންޖަން ސަކްސޭނާ: ދަ ކާގިލް ގާލް" އަށް މީހުން ކިޔަމުންދާ ފާޑުކިޔުންތަކަށް ނިމުމެއް އަންނަ މަންޒަރެއް ނުފެނެއެވެ. ޖާންވީ ކަޕޫރު ލީޑްރޯލުން ފެނިގެންދާ އެ ފިލްމުގައި ހިމަނާފައިވާ ބައެއް މަންޒަރުތައް ސެންސަރު ކޮށްދިނުމަށް އެދި އިންޑިއަން އެއާފޯސް އިން ވަނީ ސެންސަރު ބޯޑަށް ސިޓީއެއްވެސް ފޮނުވައިފައެވެ.
ގުންޖަން ސަކްސޭނާއާ އެކު ކޯސް ހެދި އަދި އެކީގައި މަސައްކަތް ކުރި ކުރީގެ އާމީ އޮފިސަރެއް ކަމަށްވާ ސްރީވިދްޔާ ވަނީ ފިލްމުގައި ހިމަނާފައިވާ ވާހަކަތަކާ މެދު ސުވާލު އުފައްދައިފައެވެ. އެގޮތުން އޭނާ ބުނީ ފިލްމުގައި އުދަމްޕޫރަށް ޓްރެއިނިންއަށް ދިޔައީ ގުންޖަން އެކަނި ކަމަށް ފިލްމުގައި ދައްކާފައިވީނަމަވެސް ސްރީވިދްޔާވެސް ގުންޖަން އާއިއެކު އެތަނަށް ދިޔަ ކަމަށެވެ.
ސްރީވިދްޔާ ބުނީ ކާގިލް ހަނގުރާމައިގައި ކޮމްބެޓެއް އުދުއްސި އަންހެން އޮފިސަރަކީ އޭނާ ކަމަށެވެ. ގުންޖަން އަށްވުރެ ކުރިން އޭނާ ކޮމްބެޓްގައި ފިރެހެން އޮފިސަރަކާ އެކީ ހަނގުރާމަ ހިނގަމުން ދިޔަ ސްރީނަގަރަށް ދިޔަ ކަމަށެވެ. އެހެންނަމަވެސް ފިލްމުގައި ވަނީ ކޮމްބެޓެއް ދުއްވި ފުރަތަމަ އަންހެން އޮފިސަރަކީ ގުންޖަންގެ ގޮތުގައި ގެނެސްދީފައެވެ.
ސްރީވިދްޔާ ބުނީ ފިލްމުގައި ގުންޖަން އާ ދޭތެރޭ ފިރެހެން އޮފިސަރުން ގޯސްކޮށް ކަންތައް ކުރާ މަންޒަރު ދައްކައިދިން ނަމަވެސް، އެ ޔުނިޓްގައި އެދެމީހުންނަށް ގިނަ ފިރެހެން އޮފިސަރުން އެހީތެރިވެދިން ކަމަށެވެ. މީގެ އިތުރުން، ގުންޖަންގެ ފްލައިން ޓްރެއިނިންގް ބޭކާރު ސަބަބުތަކާ ހުރެ ކެންސަލް ވިކަމަށް ފިލްމުގައި ދެއްކިނަމަވެސް އެގޮތަށް ބޭކާރު ސަބަބަކާ ލައިގެން ކެންސަލް ނުވާ ކަމަށެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން