ސުޝާންތު ސިންގު ރާޖުޕުތު މުމްބާއީގެ ބާންޑްރާގައި ހުންނަ އޭނާގެ ގޭގައި ދަންޖެހިފައި ހުއްޓައި ފެނުނު ފަހުން މިހާރު މިވަނީ ދެ މަސް ވެފައެވެ. ސުޝާންތު އަމިއްލައަށް މަރުވި ކަމަށް ބައެއް މީހުން ބުނަމުން ދާއިރު ސުޝާންތު މަރާލީ ކަމަށްވެސް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.
ސުޝާންތުގެ ކުރީގެ މެނޭޖަރު އަންކިތު އަޗަރުޔާ މިވަނީ ސުޝާންތުގެ މަރާ ގުޅިގެން ވަރަށް ހައިރާން ކުރުވަނިވި ވާހަކަތަކެއް ދައްކައިފައެވެ. އެގޮތުން ސުޝާންތު މަރާލީ އެ ގޭގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށް ބުނެ ބޮޑެތި ތުހުމަތު ތަކެއް އަންކިތު ވަނީ ކޮށްފައެވެ. އަންކިތު އިތުރަށް ބުނެފައިވަނީ ސުޝާންތު އެއްވެސް އިރަކު ކޮޓަރި ތަޅުލައިގެން ނުނިދާ ކަމަށެވެ. މީގެ އިތުރުން ސުޝާންތުގެ ގޭގައި މަސައްކަތް ކުރާ މުވައްޒަފުން ސުޝާންތަށް ގޮވައި ދޮރު ނުހުޅުވުމުން ތަޅު ހަލާކުކޮށްލައިގެން ނުވަނީ ކީއްވެތޯވެސް އަންކިތު ސުވާލު ކުރިއެވެ.
ސުޝާންތު މަރާލީ ކަމަށް ތުހުމަތު ކުރަމުން އަންކިތު ބުނީ ސުޝާންތު އަމިއްލައަށް މަރު ނުވާނެ ކަމަށެވެ. ސުޝާންތު އަކީ އަބަދުވެސް ޕޮޒިޓިވްކޮށް ވިސްނާ މީހެއްކަން ފާހަގަކުރަމުން އަންކިތު ބުނީ ސުޝާންތު ވަނީ އަމިއްލައަށް މަރުވުމުގެ ވިސްނުން ގެންގުޅުނު މީހުންނަށް ރަނގަޅު މަގުވެސް ދައްކައިދީފައި ކަމަށެވެ.
އަންކިތު ބުނީ ސުޝާންތު އޭނާއާ ދޭތެރޭ ކަންތައް ކުރީ ކޮއްކޮއަކާ ދޭތެރޭ ކަންތައް ކުރާ ގޮތަށް ކަމަށާއި ސުޝާންތުއާއި އެކު މަސައްކަތް ކުރި ދުވަސްވަރު އޭނާ ޑިޕްރެޝަންގެ ޝިކާރައަކަށް ވެގެން އުޅުނު މަންޒަރު ފެނިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ސުޝާންތު އޭނާގެ މަރުވެފައިވާ މަންމަ މަތިން ހަނދާން ކޮށް ހިތާމަ ކުރާ ކަމަށެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް