އިންޑިއާއިން ލުބުނާނަށް 58 މެޓްރިކް ޓަނުގެ އެހީ ފޮނުވައިފިއެވެ.
ލުބުނާނުގެ ޕޯޓު ސަރަހައްދު ގޮވުމުގެ ސަބަބުން ބޭރޫތުގެ ބޮޑުބައެއް ފުނޑުފުނޑުކޮށްލައި 150 އަށްވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ބައެއްގެ ގެދޮރު ގެއްލި މަގުމަތިވެފައިވާއިރު ދުނިޔޭގެ އެކި ގައުމުތަކުން ގެންދަނީ ލުބުނާނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އިންޑިއާއިން އެ ގައުމުގެ އެއާފޯސް މަތިންދާބޯޓެއްގައި ލުބުނާނަށް ފޮނުވި ތަކެތީގެ ތެރޭގައި ހިމެނެނީ، ޒަރޫރީ ބޭނުންތަކުގައި ބޭނުންކުރާނެ އެހީގެ އިތުރުން ސިއްހީ ފަރުވާއަށް ބޭނުންވާ ސާމާނާއި ކެއިންބުއިމަށް ބޭނުންވާ ތަކެއްޗެވެ.
އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޖައިޝަންކަރު ވަނީ އިންޑިއާއިން މި ވެދިން އެހީއަކީ ލުބުނާނުގެ ރައްޔިތުންނާއެކު އިންޑިއާ އޮތްކަން ރަމްޒުކޮށްދޭ އެހީއެއްކަމުގައި ވިދާޅުވެފައެވެ.
އިންޑިއާއިން ފޮނުވި އެހީއާ ހަވާލުވެފައިވަނީ ލުބުނާނުގައި ހުންނަވާ އިންޑިއާގެ އެންވޯއީގެ އިތުރުން ލުބުނާނު ސަރުކާރުގެ އިސް ބައެއް އޮފިޝަލުންނެވެ.
ލުބުނާނުގައި ގޮވި ހާދިސާގައި އިންޑިއާގެ 5 މީހަކަށް އަނިޔާ ވެފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ