ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ ކުކުޅު ފިހާރައިގެ ޝޯރޫމެއް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައިފިއެވެ.
ކުކުޅު ފިހާރައިގެ މާކެޓިން މެނޭޖަރު މުހައްމަދު ނަޝާތު "ވަން"އަށް ވިދާޅުވީ ހިތަދޫގައި މިއަދު ހުޅުވި ޝޯރޫމުން ވެސް، މާލޭގައި ހުންނަ ކުކުޅު ފިހާރައިގެ އައުޓްލެޓުން ލިބޭ ހުރިހާ ބާވަތެއްގެ ތަކެތި ލިބޭނެ ކަމަށެވެ. އަދި މި ހުރިހާ ތަކެއްޗެއް ވެސް ލިބެން ހުންނާނީ އައްޑޫގެ އެހެން ފިހާރަތަކަށް ވުރެ އަގުހެޔޮކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
ހިތަދޫ ބުރިކެޑެ މަގުގެ ޒިގްޒެގް ގަރާޖުގެ ކުރިމަތީގައި ހުޅުވި ކުކުޅު ފިހާރައިގެ ޝޯރޫމަކީ އައްޑޫގައި ހުޅުވި އެ ފިހާރައިގެ ފުރަތަމަ އައުޓްލެޓެވެ. ނަޝާތު ވިދާޅުވީ، ކުކުޅު ފިހާރައިގެ ވިޔަފާރި އައްޑޫގައި ފުޅާކުރުމަށް އިތުރު ޝޯރޫމްތަކެއް އެ ސިޓީގައި ހުޅުވުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.
ކުކުޅު ފިހާރައިގެ ދެ އައުޓްލެޓެއް މާލޭގައި ހުޅުވާފައި ހުންނައިރު ހުޅުމާލޭގައި ވެސް އައުޓްލެޓެއް ހުރެއެވެ. އަދި ހިތަދޫގައި ހުޅުވި ކުކުޅު ފިހާރައިގެ ޝޯރޫމަކީ އަތޮޅުތެރޭގައި ހުޅުވި ދެވަނަ ފިހާރައެވެ. މީގެ ކުރިން ކުކުޅު ފިހާރައިގެ ޝޯރޫމެއް އއ. ތޮއްޑޫގައި ވަނީ ހުޅުވައިފައެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ރަށްތަކުގައި ވެސް ކުކުޅު ފިހާރައިގެ އައުޓްލެޓްތައް ހުޅުވުމަށް ނިންމާފައިވާ ކަމަށް އެ ފިހާރައިން ބުނެއެވެ.
ކުކުޅު ފިހާރައިން އަންނަނީ އެ ފިހާރައިގެ އެކި އައުޓްލެޓްތަކުގައި އެކި ޕްރޮމޯޝަންތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މެއި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ފޭސްބުކްގައި ކުކުޅު ފިހާރަ އީ-މޯލުން ފަށާފައިވާ ޕްރޮމޯޝަނެއް މިހާރު ވެސް ކުރިއަށް އެބަދެއެވެ. އަދި ހިތަދޫގައި ހުޅުވި ޝޯ ރޫމުގައިވެސް އެފަދަ ޕްރޮމޯޝަނެއް ފެށުމަށް ވަނީ ނިންމައިފައެވެ.
ތާޒާ އަދި އަގުހެޔޮ ފިނިކުރި ކާބޯތަކެތި ފޯރުކޮށްދިނުމަށް ހުޅުވި ކުކުޅު ފިހާރައިގެ އީ-ޝޮޕިން މޯލް ހުޅުވުމާއެކު އެކިއެކި ސާމާނު އަގުހެޔޮކޮށް މިހާރު ލިބޭނެއެވެ. އޭގެ ތެރޭގައި އެން95 މާސްކާއި ސެނެޓައިޒާ ހިމެނެއެވެ. އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް ދަނީ އިތުރު ކުރަމުންނެވެ
ކުކުޅު ފިހާރައިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ މައުލޫމާތު ހޯދުމަށް ހުޅުމާލެއިން ނަމަ 9666575 އަށް އަދި މާލެއިން ނަމަ 9986575 އަށް ގުޅުމަށް އެ ފިހާރައިން އެދެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި