ލަންކާގެ ބޮޑުވަޒީރުކަމުގެ ހުވާ މަހިންދަ ރާޖަޕަކްސަ ކުރައްވައިފިއެވެ.
ބުދު ފައްޅިއެއްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މަހިންދައަށް ބޮޑުވަޒީރުކަމުގެ ހުވާ ލައިދެއްވީ ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އެވެ.
އުމުރުފުޅުން 74 އަހަރުގެ މަހިންދަ ވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ލަންކާގެ އާންމު އިންތިހާބުގައި މަހިންދަގެ ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ) އިން ވަނީ މަޖިލީހުގެ ތިން ބައިކުޅަ ދެބައި ގޮނޑިތައް ކާމިޔާބުކޮށްފަ އެވެ.
ލަންކާގެ މަޖިލީހުގައި ހިމެނޭ 225 ގަޮނޑީގެ ތެރެއިން އެސްއެލްޕީޕީން ވަނީ 145 ގަޮނޑި ކާމިޔާބު ކޮށްފަ އެވެ. އެއީ ނޭޝަނަލް ލިސްޓުން 17 ގޮނޑި ހިމެނޭ ގޮތަށެވެ.
ސްރީލަންކާގެ މަޖިލީހުގެ އަގުލަބިއްޔަތަކީ 113 ގޮނޑި ކަމުގައިވާ އިރު، ޕޮޑުޖަނަ ޕާޓީއަށް ލިބުނު މި ގޮނޑިތަކާއެކު ލަންކާގެ ގާނޫނުއަސާސީ ވެސް ބަދަލުކޮށްލެވޭ ވަރުގެ ބާރެއް ވަނީ ލިބިފަ އެވެ.
ލަންކާގެ އާ ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންނާއި ޑެޕިއުޓީ އަދި ސްޓޭޓް މިނިސްޓަރުން ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ