ބޮލީވުޑްގެ މަޝްހޫރު ބަތަލު ސަންޖޭދަތު ނޭވާ ހާސްވެ ބަލިވެގެން މުމްބާއީގެ ލަލަވަތީ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ. ނޭވާ ހާސް ވެ ބަލިވުމުން ސަންޖޭދަތު ވަނީ ކޯވިޑް ހުރިތޯ ބެލުމަށް ޓެސްޓް ކޮށްފައެވެ. ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.
އީ ޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސަންޖޭދަތު ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ އިއްޔެ ހަވީރެވެ. ސަންޖޭ ކުރި ޓުވީޓެއްގައި ބުނީ އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށާއި ކޯވިޑަށް ޓެސްޓް ކުރުމުން ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ. ސަންޖޭ ބުނީ ލަލަވަތީ ހޮސްޕިޓަލުގެ ނަރުހުންނާއި ޑޮކްޓަރުންގެ އެހީގައި ދެތިން ދުވަސް ތެރޭގައި ގެޔަށް ދެވޭނެ ވަރު ވާނެ ކަމަށެވެ.
ލަލަވަތީ ހޮސްޕިޓަލުން ވާހަކަދެއްކި އޮފިޝަލަކު ބުނީ ސަންޖޭ އަށް ނޭވާ ލާން އުނދަގޫ ވީ ހަށިގަނޑުގައި އޮކްސިޖަންގެ ބައި މަދުވެގެން ކަމަށެވެ. ކޯވިޑަށް ނެގެޓިވް ވިނަމަވެސް ސަންޖޭ މިވަގުތު އޮތީ ހޮސްޕިޓަލުގައި އޮބްޒަވޭޝަންގައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް