ލުބުނާނުގެ ވެރިރަށް ބޭރޫތުގެ ޕޯޓުގައި ހުރި ކެމިކަލް ގުދަނެއް ގޮވުމާއެކު ބޭރޫތުގެ ބޮޑު ބައެއް ވަނީ ފުނޑުފުނޑު ވެފައެވެ. ގެއްލުން ނުލިބޭ އެންމެ އިމާރާތެއްވެސް ނެތެވެ.
ބޭރޫތުގައި ގޮވި ގޮވުމުގެ އަސަރު ވަނީ ހޮސްޕިޓަލުތަކަށްވެސް ކޮށްފައެވެ.
ބޮން ގޮވުމުގެ ކުޑައިރުކޮޅެއް ކުރިން ބޭރޫތުގެ އެންމެ ބޮޑު ހޮސްޕިޓަލުގެ ލޭބާރޫމުގެ ތެރޭގައި ނަގައިފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި މާބަނޑުމީހާ ވިހެއުމަށް ލޭބާ ރޫމަށް ވެއްދިތާ ކުޑައިރުކޮޅެއްގެ ތެރޭ ބާރުގަދަ އަޑަކާއެކު ކުޑަދޮރުތަކާއި ފާރުގެ ބައިތަކުގެ އިތުރުން ހޮސްޕިޓަލުގައި ހުރި ހުރިހާ ތަކެއްޗެއް ބުރައިގެން ދެއެވެ.
މި ވީޑިއޯ ނަގައިފައިވަނީ ތުއްތު ކުއްޖާގެ ބައްޕައެވެ. އޭނާ ވަނީ އެހާދިސާ ލުބުނާނުގެ ނޫހަކަށް ހިއްސާކޮށްފައެވެ. އެޑްމަންޑް ނަމަކަށް ކިޔާ މިމީހާ ބުނީ ހަޔާތުގައި އަންނަން އުޅުނު އެންމެ އުފާވެރި އެއްދުވަސް ކުއްލިއަކަށް ބަދަލުވީ ބާރު އަޑުފައްގަނޑަކާއެކު ކަމަށެވެ.
އެޑްމަންޑް ބުނީ އަނބިމީހާ އޮތް އެނދުވެސް އެއްލައިލިކަމަށެވެ. އޭނާވެސް ދުރަށް އެއްލައިލިކަމަށް ވަނީ ބުނެފައެވެ.
އެޑްމަންޑް ވަނީ ޑޮކްޓަރުންނާއި ނަރުހުންގެ ހިތްވަރަށް ޝުކުރު އަދާކޮށްފައެވެ. އެ ދަނޑިވަޅުގައިވެސް ޑޮކްޓަރުންނާއި ނަރުހުން އަވަސްވެގަތީ އަންހެނުން ވިއްސުމަށް ކަމަށް އެޑްމަންޑް ބުންޏެވެ.
އެޑްމަންޑް ބުނީ ދަރިފުޅު ސަލާމަތުން އުފަންވި ވަގުތަކީ އެންމެ އުފާވި ވަގުތު ކަމަށެވެ. އޭނާގެ އަންހެނުން ކުރި ހިތްވަރަށް ފަހުރުވެރިވާކަމަށް އެޑްމަންޑް ބުނެފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ