ދިރާގު "މަމެން ރިފެރަލް" ފީޗާ ބޭނުންކޮށްގެން ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ލިބޭނެ ގޮތް ތައާރަފުކޮށްފިއެވެ.
ދިރާގުން ބުނީ މަމެން ރިފެރަލް މެދުވެރިކޮށް މިހާރު މަމެން ގެންގުޅޭ ކަސްޓަމަރުންގެ އާއިލާ އާއި ރައްޓެހިންނަށް މަމެން ޕްލޭންސް އެކްޓިވޭޓް ކުރުމަށް ދައުވަތުދީގެން ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށެވެ. އެގޮތުން މަމެން ރެފަރަލް މެދުވެރިކޮށް މަމެން ޕްލޭނެއް ނެގުމުން ދައުވަތުދޭ ކަސްޓަމަރުގެ އިތުރުން، އެ ދައުވަތު މެދުވެރިކޮށް އަލަށް ކަނެކްޝަން ނަގާ ކަސްޓަމަރަށްވެސް ހިލޭ ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ ހުރިހާ މަމެން ކަސްޓަމަރުންނަށް ވެސް މަމެން އެޕްގައިވާ "ރިފަރަލް ޓެބް" މެދުވެރިކޮށް ހާއްސަ "ރިފަރަލް ކޯޑް" އެއް ލިބޭނެ ކަމަށެވެ. އަދި މި ކޯޑް މެދުވެރިކޮށް ބޯނަސް ޑޭޓާ އާއި ލީޑާ ބޯޑް ޓްރެކް ކުރެވޭނެ ކަމަށެވެ.
މަމެން އެޕް ގޫގުލް ޕެލޭ ސްޓޯރާއި އެޕަލް އެޕް ސްޓޯރުން ހިލޭ ޑައުންލޯޑް ކޮށްލެވޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ މަމެން ކަސްޓަމަރުންނަށް މިހާރު ހިނގަމުން އަންނަ ޕްރޮމޯޝަންގެ ދަށުން މަމެން ޑޭޓާ އެޑް އޮންތަކުން 25 ޕަސެންޓް ޑިސްކައުންޓް މިމަހުގެ 31ގެ ނިޔަލަށް ލިބޭނެ ކަމަށެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ދިރާގުން ތައާރަފުކުރި މަމެންއަކީ އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް ހަމަޖައްސައިލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މޯބައިލް ޕްލޭނެކެވެ. ޒުވާނުންނަށް އަމާޒުކޮށްގެން ނެރެފައިވާ މަމެންއަކީ މިހާތަނަށް ރާއްޖޭގައި ތައާރަފުކުރި މިފަދަ ފުރަތަމަ މޯބައިލް ޕްލޭނެވެ.
ޒުވާނުން ބާރުވެރިކުރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ދިރާގުން ނުހަނު ބޮޑު އިސްކަމެއްދެއެވެ. އެގޮތުން ޒުވާނުންގެ މެދުގައި މަގުބޫލް ކެފޭތަކާއި ފިހާރަ ފަދަ ތަންތަނާ ގުޅިގެން ގިނަ ފައިދާތައް މަމެން ކަސްޓަމަރުންނަށް ލިބޭނެ މަގުތައް ދިރާގުން އަންނަނީ ހޯދަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު