ލުބުނާނުގައި ބާރުގަދަ ގޮވުމެއް ގޮވައި އެތައް ސަތޭކަ ބަޔަކަށް އަނިޔާވެއްޖެއެވެ.
ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ޕޯޓު ސަރަހައްދުގައި މިގޮވި ގޮވުމުގެ އަސަރު ކައިރި ބޮޑު ސަރަހައްދަކަށް ކުރިއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ޕޯޓުގައި އަލިފާން ރޯވެ ދުން އެރުމަށްފަހު ކުޑަ ވަގުތުކޮޅެއްގެ ތެރޭ ބާރުގަދަ އަޑަކާއެކު ގޮވާ މަންޒަރު ފެނެއެވެ. ބާރުގަދަ ގޮވުމުގެ އަޑު އެ ސަރަހައްދުގައި ހުރި އިމާރާތްތަކަކަށްކޮށް ގެއްލުން ވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފައިނުވި ނަމަވެސް މި ހާދިސާގައި އެތައް ސަތޭކަ ބަޔަކަށް އަނިޔާވެފައިވެއެވެ.
ލުބުނާނުގެ ހެލްތް މިނިސްޓަރ ހަމަދު ހަސަން ވިދާޅުވީ ގިނަބަޔަކަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
މިހާދިސާއަށްފަހު ވެއްޓިފައިވާ އިމާރާތްތަކުގެ ބައިތަކުގެ ތެރެއިން 10 މީހެއްގެ ހަށިގަނޑު ނަގާފައިވާކަމަށް އެގައުމުގެ އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ. ނަމަވެސް ލުބުނާނުގެ އޮފިޝަލުން އަދި މިކަން ހާމަކޮށްދީފަނުވެއެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު ރިޕޯޓުތަކުން ވަނީ މިއީ އެކްސިޑެއްޓެއް ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ