އެމެރިކާގެ ރިޔާސީ ގެކޮޅު، ވައިޓް ހައުސްގެ ކެފެޓޭރިއާގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ގެކޮޅު އެލާޓަށް ގެނެސްފިއެވެ.
ވައިޓް ހައުސްގެ އެގްޒެކެޓިވް އޮފީސް ބިލްޑިންގައި ހުންނަ އެ ކެފެޓޭރިއާ ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.
ވައިޓް ހައުސްގެ އެގްޒެކެޓިވް އޮފީސްގެ ދެ ބިލްޑިންއެއް މިކަމާ ގުޅިގެން ބަންދުކޮށް އެލާޓަށް ގެނެސްފައިވާ ކަމަށް އޮފިޝަލުން ވަނީ މުވައްޒަފުންނަށް ފޮނުވި އީމެއިލްއެއްގައި ބުނެފައެެވެ. އީމެއިލްގައިވާ ގޮތުން ކޮވިޑްގެ ހާލަތާ ގުޅިގެން ވައިޓް ހައުސްގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ކޮންޓެކްޓް ވެފައިވާ މީހުންގެ ނިސްބަތް މަދުވާނެ ކަމަށް ބެލެވެއެވެ.
ވައިޓް ހައުސްގައި ކޮންޓެކްޓް ޓްރޭސިން ފަށާފައިވާއިރު މިހާތަނަށް އަދި އެއްވެސް މީހަކު އައިސޮލޭޓް ވާން އަންގައިފައެއް ނުވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ