ވެސްޓް ހަމް އަތުން 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށް ޕޮއިންޓެއް ހޯދައި މެންޗެސްޓާ ޔުނައިޓެޑުން ތާވަލުގެ ތިންވަނައަށް ޖެހިލައިފި އެވެ.
އިނގެރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެ މެޗްގެ ފުރަތަމަ ގޯލު ވެސްޓްހަމް އިން ކާމިޔާބުކުރީ މެޗްގެ ފުރަތަމަ ހާފް ނިމެން އުޅެނިކޮށް މެޗްގެ 45 މިނެޓުގައެވެ. މި ލަނޑަކީ ޔުނައިޓެޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުން ބޯޅައިގައި ޖެހުމުގެ ސަބަބުން ރެޕްރީ ދިން ޕެނަލްޓީ އަކުން ވެސްޓް ހަމްގެ މައިކަލް އެންޓޯނިއޯ ކާމިޔާބު ކޮށްދިން ގޯލެކެވެ. ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާއަކުން ވެސްޓް ހަމް ކުރީގައި އޮވެގެންނެވެ.
ރޭގެ މެޗްގެ ދެވަނަ ހާފު ފަށައިގެން މާގިނަ އިރުތަކެއް ނުވެ މެންޗެސްޓާއިން ވަނީ ނަތިޖާ ހަމަހަމަ ކޮށްފައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެންތޮނީ މާޝިއަލްގެ އެހީތެރިކަމާ އެކު މޭސަން ގްރީން ވުޑް އެވެ. އެލަނޑަށް ފަހު ވެސް ލަނޑުޖަހާނެ ރަނގަޅު ދެތިން ފުރުސަތެއް އެޓީމަށް ލިބިގެންދިޔައެވެ. ނަމަވެސް މެޗްގެ ދެވަނަ ހާފު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.
މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތީ 96 ޕޮއިންޓާ އެކު ޗެމްޕިއަން ލިވަޕޫލްއެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައިވަނީ 78 ޕޮއިންޓެވެ. މިވަގުތު ތިންވަނައިގައި އޮތީ 63 ޕޮއިންޓާ އެކު މެންޗެސްޓާ ޔުނައިޓެޑް އެވެ. ޗެލްސީ އޮތީ ތާވަލުގެ ހަތަރުވަނައިގައި 63 ޕޮއިންޓާ އެކުއެވެ. ޔުނައިޓެޑަށް ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު