ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއަކުން ހުޅުމާލެއަށް 12 ފުޅި ބަނގުރާ ގެންދިޔަ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ފަޅުގައި އަޅާފައިވާ ސަފާރީއަކުން ހުޅުމާލެއަށް ބަނގުރާ ގެންނަ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 12 ފުޅި ބަނގުރަލާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ބަނގުރާ ފުޅިތައް ފެނިފައިވަނީ މަގުމަތިން ދިޔަ ކާރެއް ބަލައި ފާސްކުރިއިރު، އޭގެ ޑިކީ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުން ކަމަށެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.