ލޯބިވެރިޔާ ޒުވާބު ކުރުމަށް ދެކޮޅު ހެދުމުން ބަޑިން ހަމަލާ ދީފިއެވެ.
އެމެރިކާގެ ލޫސިއާނާގެ ޝްރޭވް ޕޯޓުގައި ހިނގި މި ހާދިސާގައި އަނިޔާވި އުމުރުން 34 އަހަރުގެ ފިރިހެނަކު ވަނީ ލިބުނު ޒަހަމްތަކާ ގުޅިގެން ފަރުވާދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
ޝްރޭވްފޯޑްގެ ފުލުހުން މިހާރު މި މައްސަލައިގެ ތަހުގީގު ވަނީ ފަށައިފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ މަގުމަތީގައި މި ދެމީހުންގެ ތެރެއިން އަންހެން މީހާ ރުޅިގަދަވެ ޒުވާބުކުރަން ފެށުމުން އޭނާގެ ލޯބިވެރިޔާ ޒުވާބުގައި ބައިވެރިވުމަށް ދެކޮޅު ހެދުމާ ގުޅިގެންނެވެ.
އަންހެން މީހާ ވަނީ ރުޅި އައިސް ބަޑިން ހަމަލާދީ އޭނާގެ ބައިވެރިޔާ ޒަހަމްކޮށްފައެވެ. އަދި ހަމަލާ ދިނުމަށްފަހު އެ އަންހެން މީހާ ވަނީ ފިލައިފައެވެ. މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ތިބި މީހުން ވަނީ ހާދިސާގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައެވެ.
އެ އަންހެން މީހާގެ ފޮޓޯ އާންމުކޮށް ފުލުހުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށައިފައެވެ.
ފުލުހުން ބުނީ ތަހުގީގުން ހާމަވި މައުލުމާތަށް ބަލައި އަންހެން މީހާއަށް ދައުވާ ކުރެވޭނެ ކަމަށެވެ. އަދަބެއްގެ ގޮތުން 150،000 ޑޮލަރަށް ޖޫރިމަނާ ކުރެވޭނެކަން ވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ