އެކަކު އަނެކަކަށް ރައްދު ދީ ފާޑުކިޔުމަށް ކުރި ޓުވީޓްތަކުގައި ބޮލީވުޑްގެ ބަތަލު ސުޝާންތު ސިންގު ރާޖުޕުތުގެ ނަން ބޭނުން ކުރެވިފައި ވާތީ އެކަމަށް އޭނާގެ އާއިލާ ކިބައިން މާފަށް އެދެން ޖެހޭ ކަމަށް މަޝްހޫރު ބަތަލާ ސްވަރާ ބާސްކަރު ބުނެފިއެވެ.
ސުޝާންތު އަމިއްލައަށް މަރުވި ހާދިސާގެ ފަހަތުގައި ތިބި މީހުންނާއި ބެހޭގޮތުން ދިން އިންޓަވިއުއެއްގައި ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނޯއަތުވަނީ މަޝްހޫރު ތަރިންނާއި ދެކޮޅަށް ވާހަކަ ދައްކަން ތާޕުސީ ޕަންނޫ އަދި ސްވަރާ ބަސްކަރު ބިރުގަންނަ ކަމަށް ބުނެފައެވެ. މީގެ އިތުރުން ކަންގަނާ ވަނީ އެދެތަރިންނަކީ ބީގްރޭޑް އެކްޓްރެސްއިންގެ ގޮތުގައި ލޭބަލް ކޮށްފައެވެ.
ކަންގަނާގެ އެ ވާހަކަތަކުގެ ސަބަބުން ވޭތުވެދިޔަ ދެތިން ދުވަހު ޓުވީޓާގައި ވަނީ ތާޕުސީ، ކަންގަނާ އަދި ސްވަރާގެ މެދުގައި ބަހުގެ ހަމަލާތަކެއް ރައްދުކުރެވިފައެވެ. އެގޮތުން ސްވަރާ އަދި ތާޕުސީ ވަނީ ފާޅުގައި ކަންގަނާގެ ސުވާލުތަކަށް ރައްދުދީ ކަންގަނާ އަށް ފާޑުކިޔައިފައެވެ. އެ ޓުވީޓްތަކުގައި ވަނީ އެތައް ފަހަރަކު ސުޝާންތުގެ ނަން ހިމެނިފައެވެ.
ސްވަރާ މިއަދު ކުރި ޓުވީޓެއްގައި ބުނީ، އެމީހުންގެ ކޯޅުމުގައި ސުޝާންތުގެ ނަން އެތައް ފަހަރަކު ބޭނުން ކުރެވިފައިވާތީ އެކަމަށް އޭނާގެ އާއިލާ ކިބައިން މާފަށް އެދެން ޖެހޭ ކަމަށެވެ. އަދި ވަރަށް އަވަހަށް ރިލީޒްކުރާ ސުޝާންތުގެ ފަހު ފިލްމަށް އެންމެންގެ ސަޕޯޓް ދޭން ޖެހޭ ކަމަށެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން