ސުޝާންތު ސިންގު ރާޖުޕުތު އަމިއްލަޔަށް މަރުވި ހިސާބުން، ބޮލީވުޑްގައި ނެޕްޓިޒަމް އޮތް މިންވަރާއި ގުޅޭގޮތުން އެތައް ބަޔަކު އަންނަނީ ބަހުސް ކުރަމުންނެވެ. އާއްމުން ވަނީ މަޝްހޫރު އާއިލާތަކަށް ނިސްބަތްވާ ބޮލީވުޑްގެ ތަރިން، ސުޝާންތު އެކަހެރިކޮށްލާފައި ބެހެއްޓި ކަމުގެ ތުހުމަތުކޮށްފައެވެ. ދާދިފަހުން ކަންގަނާ ރަނޯއަތު ދިން އިންޓަވިއުއެއްގައި ވަނީ ނެޕްޓިޒަމްއަށް ސަޕޯޓް ކުރާ ކަމަށް ބުނެ ތާޕްސީ ޕަންނޫ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
ކަންގަނާ ވަނީ ތާޕްސީ އަދި ސްވަރާ ބަސްކަރު އަކީ ބީ ގްރޭޑް އެކްޓްރެސްއިންގެ ގޮތުގައި ސިފަކޮށްފައެވެ. މީގެ އިތުރުން އާލިއާ ބަޓް އަދި އަނަންނަޔާ ޕާންޑޭ އަށްވުރެ ތާޕްސީ އަދި ސްވަރާ ރީތި އިރު، އެހާ ގިނައިން ފިލްމު ނުލިބެނީ ކީއްވެގެންތޯވެސް ކަންގަނާ ސުވާލުކުރިއެވެ.
ކަންގަނާގެ އެވާހަކަތަކަށް ތާޕްސީ ވަނީ ވަރުގަދަ ރައްދެއް ދީފައެވެ. އެގޮތުން ތާޕުސީ ވަނީ ސުޝާންތުގެ މަރު ކަންގަނާ އޭނާގެ އޭނާގެ އަމިއްލަ ފައިދާއަށް ބޭނުން ކުރާ ކަމުގެ ތުހުމަތު ކޮށްފައެވެ. ތާޕްސީ އިތުރަށް ބުނީ، އޭނާ އިންޑަސްޓްރީގައި އުޅުނު ދަތިހާލާއި ކުރިމަތި ވި އުނދަގޫތަކުގެ ވާހަކަ ނުކިޔުމުގެ މާނައަކީ އޭނާ މޮޅު މީހަކަށް ނުވާން ވީ ސަބަބެއް ނޫން ކަމަށެވެ.
ތާޕްސީ ކަންގަނާ އަށް ދިން އެ ރައްދަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު އަންނަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާވެސް ވަނީ ތާޕްސީ އަށް ތައުރީފުކޮށް އިންސްޓަގްރާމުގައި ޕޯސްޓެއް ހިއްސާކޮށްފައެވެ. ސޮނާކްޝީ ބުނީ ތާޕުސީ ރައްދުދިން ގޮތުން އޭނާއަށް އިހްތިރާމު ކުރާ ކަމަށެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން