ކަންގަނާ ރަނޯއަތު ވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ތާޕްސީ ޕާންނޫ އާއި ސްވަރާ ބަސްކަރު އަކީ ބީގްރޭޑް އެކްޓްރެސްއިން ކަމަށް ބުނެފައެވެ.
ކަންގަނާގެ އެ ވާހަކަތަކަށް ތާޕުސީ ވަނީ ރައްދުދީފައެވެ. އެގޮތުން ތާޕުސީ ބުނީ ކަންގަނާ އެބުނާ ނެޕްޓިޒަމް ފަތުރާ ފިލްމީ މާފިއާއަށް ނިސްބަތްވާ އެއްވެސް މީހަކު އޭނާ ކުޅުނު އެއްވެސް ފިލްމެއް އުފައްދާފައި ނުވާ ކަމަށެވެ. އެހެންކަމުން ތާޕުސީ ބޮލީވުޑްގައި ހުރީ ނެޕޮޓިޒަމްގެ ސަބަބުން ކަމަށް ކަންގަނާ އަށް ނުބުނެވޭނެ ކަމަށެވެ. ތާޕުސީ ބުނީ ކަރަން ޖޯހަރު އާއި ކަންގަނާ އެ ބުނާ މީހުން ކަމުދާ ވާހަކަ އޭނާ ނުބުނާ ކަމަށެވެ. އެހެންނަމަވެސް އޭގެ މާނައަކީ އޭނާއަށް އެމީހުން ގޯހެކޭ ވެސް ނޫން ކަމަށެވެ.
ތާޕުސީ ބުނީ ކަންގަނާ ފޫހިވާ މީހަކު ދެކެ ދެން ތިބި އެންމެން ކޮންމެހެން ފޫހިވާން ނުޖެހޭ ކަމަށެވެ. އެހެންނަމަވެސް، އޭނާއަށް ކަރަން ޖޯހަރު އެހާ ރަނގަޅަށް ނޭނގޭ ކަމަށެވެ. ހަމައެކަނި އޮންނަނީ ޕްރޮފެޝަނަލް ގުޅުމެއް ކަމަށެވެ.
ކަންގަނާ ވަނީ ތާޕުސީއަށް އާލިއާ ބަޓް އަށް ލިބޭ ގޮތަށް ފިލްމު ނުލިބެނީ ކީއްވެގެންތޯ ސުވާލު ކޮށްފައެވެ.
ތާޕުސީ ބުނީ، ވޭތުވެދިޔަ 3 އަހަރު އޭނާ އަހަރަކު 4 ފިލްމު ކުޅެފައިވާ ކަމަށެވެ. އަދި މިހާރުވެސް 5 ފިލްމު ކުޅެން އެގްރީމެންޓް ހަދާފައިވާ ކަމަށެވެ. އެހެންކަމުން އޭނާއަށް މަސައްކަތް ނުލިބޭ ވާހަކަ ކަންގަނާ ބުނީ ކިހިނެއްތޯ ތާޕުސީ ވަނީ ސުވާލު އުފައްދައިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން