ބޮލީވުޑްގެ މަޝްހޫރު އަދި ޒުވާން ބަތަލާ އާލިއާ ބަޓް ވަނީ އޭނާގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓްގައި ތެދު ހެދުމާއި ދޮގު ހެދުމާއި ބެހޭގޮތުން ޕޯސްޓެއް ހިއްސާކޮށް ނުސީދާކޮށް ކަންގަނާ ރަނޯއަތުއަށް ރައްދުދީފައެވެ.
އާލިއާ ހިއްސާ ކުރި ޕޯސްޓްގައި ބުނެފައިވަނީ، އެއްވެސް މީހަކު ގަބޫލު ނުކުރިޔަސް ހަގީގަތް ވާނީ ހަގީގަތަށް ކަމަށެވެ. އަދި އެންމެން ގަބޫލު ކުރިޔަސް ދޮގުވާނީ ދޮގަށް ކަމަށެވެ. ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އާލިއާގެ އެ ޕޯސްޓަކީ ކަންގަނާ އާލިއާގެ އާއިލާއާ ގުޅޭގޮތުން ދެއްކި ވާހަކަތަކަށް ދިން ނުސީދާ ރައްދެކެވެ.
ދާދިފަހުން އިންޓަވިއުއެއްގައި ކަންގަނާ ވަނީ، އާލިއާގެ ބައްޕަ މަހޭޝް ބަޓްއަށް ވަރަށް ބޮޑަށް ފާޑުކިޔައި، މަހޭޝްގެ ބޮލުގައި ގިނަ އިލްޒާމުތަކެއް އަޅުވައިފައެވެ. ސުޝާންތު ސިންގު ރާޖު ޕުތު އަމިއްލަޔަށް މަރުވުމުން ގިނަ އަދަދެއްގެ އާއްމުން އަންނަނީ ބޮލީވުޑްގައި އުޅޭ މަޝްހޫރު އާއިލާތަކަށް ނިސްބަތްވާ ތަރިންނަށް ފާޑުކިޔަމުންނެވެ.
ސުޝާންތުގެ މަރާ ގުޅިގެން އާއްމުންގެ ފަރާތުން ކުރިމަތިވަމުންދާ ފާޑުކިޔުންތަކާއި ނަފްރަތުގެ ސަބަބުން އާލިއާ މިދުވަސްކޮޅު އުޅެނީ ސޯޝަލް މީޑިއާއާ ވަރަށް ދުރުގައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން