ސުޝާންތު ސިންގް ރާޖުޕުތު އަމިއްލަޔަށް މަރުވި ހާދިސާއަށް ފަހު ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކަރޮބޮޓީއަށް ލިބެމުންދާ މަރުގެ އިންޒާރުތަކާއި ރޭޕްގެ އިންޒާރުތަކުގެ ސަބަބުން ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
އިންސްޓަގްރާމް ގެ ދެ އެކައުންޓަކުން ތަކުރާރުކޮށް އޭނާއަށް ރޭޕާއި މަރުގެ އިންޒާރުތައް ލިބެމުންދާތީ މައްސަލަ ހުށަހަޅާފައި ވަނީ ސެންކުރޫޒް ޕޮލިސް ސްޓޭޝަން އަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެ ދުވަސްކޮޅެއް ކުރިން ރިއާ ވަނީ އޭނާގެ އިންސްޓަގްރާމު އެކައުންޓްގައި ސައިބަރ ކްރައިމް ޑިޕާޓްމެންޓް ޓެގް ކޮށް އޭނާއަށް ލިބެމުންދިޔަ އިންޒާރުގެ މެސެޖްތަކުގެ ސްކްރީނުޝޮޓް ހިއްސާކޮށްފައެވެ. އެ ޕޯސްޓްގައި ރިއާ ބުނީ މީހުން އޭނާއާ ދިމާއަށް ފައިސާ ފަހަތުން ދުވާ މީހެކޭ، ގާތިލެކޭވެސް ގޮވާފައިވާ ކަމަށެވެ.
ރިއާ ބުނާ ގޮތުގައި އޭނާ އަމިއްލައަށް މަރު ނުވެއްޖެނަމަ މަރައިލައި ރޭޕް ކުރާނެ ކަމަށް ބުނެ އިންޒާރުގެ މެސެޖްތައް ވަނީ ފޮނުވައިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން