ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕާޑްކޯނު އަދި ބަތަލު ޕްރަބާސް ރާޖޫ އެކީގައި ފިލްމެއް ކުޅެން އުޅޭކަމަށް އިންޑިއާގެ ބައެއް ރިޕޯޓްތަކުން ބުނެފިއެވެ. ޕެންއިންޑިއާ ފިލްމްސްއިން އުފައްދާ އެ ފިލްމުގެ ނަމަކީ ޕްރަބާސް21 ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.
ދިޕިކާ އަދި ޕްރާބާސް ފުރަތަމަ ފަހަރަށް އެކީ ސްކްރީނުން ފެނިގެންދާ އެ ފިލްމަށް ބޮޑު ބަޖަޓެއް ކަނޑައަޅާފައިވާއިރު ބަޖެޓް ދީފައިވަނީ ފިލްމު އުފައްދާ ފަރާތެއް ކަމަށްވާ ނަގު އަޝްވިން އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިލްމުގައި ގެނެސްދޭނީ ހިޔާލީ ވޯލްޑްވާ 3 ގެ ވާހަކައެވެ.
އެ ފިލްމުގެ މަސައްކަތްތައް ފެށޭނެ ކަމަށް ބެލެވެނީ މިއަންނަ އަހަރުގެ އޭޕްރީލު މަހުގެ ތެރޭގައެވެ. ފިލްމުގެ ޝޫޓިންތައް ނިންމައި، ރިލީޒްކުރެވޭނެ ކަމަށް ބަލާފައިވަނީ 2022 ވަނަ އަހަރުއެވެ. ފިލްމުގެ ޕްރީ ޕްރޮޑަކްޝަން މަސައްކަތް އަދި ނުފަށާއިރު، އެކަން ފަށާނީ ކޯވިޑް 19 ފެތުރުން މަދުވީމައެވެ.
ދިޕިކާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ، މެގްނާ ގުލްޒާރުގެ ޗަޕާކް އިންނެވެ. ޗަޕާކު އަކީ މޫނަށް އެސިޑް ޖެހި އަންހެން ކުއްޖަކު އޭނާގެ ކުށްވެރިންނަށް އަދަބުދީ ދިރިއުޅުމައިގެން ކުރިޔަށް ދިޔަ ގޮތުގެ މައްޗަށް ބިނާކޮށް ކުޅެފައިވާ ފިލްމެކެވެ. ޕްރަބާސް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޝްރަދާ ކަޕޫރު ލީޑްރޯލުން ފެނިގެން ދިޔަ ސާހޯ އިންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން