މާލެއިން ފުރައިގެން އދ. މަންދޫއަށް ދަތުރުކުރި ދޯންޏެއްގައި ހުރި މީހަކު ގެއްލިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ، ގެއްލިގެން ހޯދަމުން ދަނީ މަންދޫއަށް ދަތުރުކުރި "ރަންތަރި" ދޯނީގައި ހުރި މަންދޫ/ ރަތްވިލާގެ، އަލީ ޝާހު، 27 އަހަރު ކަމަށެވެ.
އޭނާ ގެއްލިގެން އެމްއެންޑީއެފަށް ހުށަހެޅީ ރޭ ދަންވަރު 2:10 ހާއިރު ކަމަށާއި އަދި އޭނާ ގެއްލިފައިވާކަން އެނގުނީ މަންދޫ ފަޅަށް ވަތް ފަހުން ކަމަށް ދޯނީގެ ކެޕްޓަން މައުލޫމާތުދޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ، ގެއްލުނު މީހާ ރަށަށް ދަތުރުކުރީ ހޯމް ކަރަންޓީން ވުމަށް ކަމަށެވެ. އަދި އޭނާ ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ޑައިވް ކުރަމުން އަންނައިރު ކޯސްޓްގާޑުގެ ކާނި ލޯން ކަނޑުގެ ސާފޭސް ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު