ބޮލީވުޑްގެ މަޝްހޫރު ތަރި ސުޝާންތު ސިންގު ރާޖުޕުތު އަމިއްލައަށް މަރުވިތާ މަހެއްވެފައިވާ އިރު، އޭނާގެ ލޯބިވެރިޔާ ރިއާ ޗަކަރަބޮޓީ، އެ މައްސަލަ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) މެދުވެރިކޮށް ތަހުގީގުކޮށްދިނުމަށް ހޯމް މިނިސްޓަރު އަމިތު ޝާހުގެ އަރިހުގައި އެދެފިއެވެ.
އެގޮތުން ހޯމް މިނިސްޓަރު ޓެގްކޮށް އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓެއްގައި ރިއާ ބުނެފައިވަނީ، އޭނާއަކީ ސުޝާންތުގެ ލޯބިވެރިޔާ ކަމަށާއި ސުޝާންތު ކުއްލިގޮތަކަށް އަމިއްލައަށް މަރުވިތާ މިހާރު މަހެއްވެފައިވާ ކަމަށެވެ. ސަރުކާރަށް ވަރަށް އިތުބާރު ކުރާކަން ފާހަގަކުރަމުން ރިއާ ބުނީ، ސުޝާންތުގެ މަރުގެ މައްސަލަ ތަހުގީގުކުރުން ސީބީއައިއާ ހަވާލުކުރުމަށް އެދޭ ކަމަށެވެ.
ރިއާ އެ ޕޯސްޓުގައި އިތުރަށް ބުނީ، އޭނާ ހަމައެކަނި ބަލަން ބޭނުމީ ސުޝާންތު ކުއްލިއަކަަށް އެވަރުގެ ބޮޑު ފިޔަވަޅެއް އެޅުމަށް ނިންމި ސަބަބު ކަމަށެވެ. އެ ޕޯސްޓާއެކު ރިއާ ވަނީ ސުޝާންތު ހެވިފައި ހުރި ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ރިއާ ވަނީ ސުޝާންތުގެ މަރާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން އޭނާ ރޭޕުކޮށް މަރައިލާނެ ކަމަށްބުނެ ފޮނުވަމުންދިޔަ ބައެއް އިންޒާރުގެ މެސެޖުތައްވެސް އިންސްޓަގްރާމުގައި ޕޯސްޓްކޮށްފައެވެ. ސުޝާންތު މަރުވި ފަހުން މަހެއްހާ ދުވަހު އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކާ ހުރެފައި، ސުޝާންތުގެ މަރަށް މަހެއްވީ ދުވަހު ރިއާ ވަނީ އޭނަާގެ އިހުސާސުތައް ބޭރުކޮށްލައިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން